ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިއުލާން

ލާމަރުކަޒީ ޢުޞޫލުން އިދާރާތައް ހިންގުމާއި ބެހޭ ޤާނޫނުގެ 110 ވަނަ މާއްދާގައިވާ ގޮތުގެ މަތިން،

ޖުލައިމަހު ރައްޔިތުންނައް ޢާންމުކޮށް ހުޅުވާލެވިގެން ބާއްވާ ބައްދަލުވުން 27 ޖުލައި 2020 ވާ ހޯމަ ދުވަހުގެރޭ 21:00ގައި ޅ.އަތޮޅު މަދަރުސާގެ އޭ.ވީ ރޫމްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމުގައި ވޭތުވެދިޔަ 6 މަސް ދުވަހުގެ ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ރިޕޯޓާއި، ކުރިޔައްއޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ރައްޔިތުންނާއި ހިއްސާކޮށް ހިޔާލްހޯދުމަށް ފުރުސަތު ހުޅުވާލެވިގެންދާނޭކަމުގައި ދަންނަވަމަވެ. ވީމާ، ބަޔާންކުރެވިފައިވާ ބައްދަލުވުމުގައި ވީހާވެސް ގިނަފަރާތްތަކުން ބައިވެރިވުމަކީ މިކައުންސިލްގެ އެދުމެއްކަމުގައި ދެންނެވީމެވެ.

 

ވީމާ، މިކަން އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

20 ޖުލައި 2020
ހޯދާ