ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ނީލަން ކިޔުން

       މިރަށު މަޑޫ ކިޔާ އިމާރާތަށް ދަތިވާތީ ކަނޑާފައިވާ 01 ރުއް ނީލަން ކިއުން 21 ޖުލައި 2020 ދުވަހުގެ ހެނދުނު 10.00 ގައި އެރުއްގަސް ދޮށުގައި އޮންނާނެއެވެ.

       މިނީލަމުގައި ވާހައި ގިނަ ފަރާތްތަކަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިއިދާރާގެ އެދުމެކެވެ.

       ނީލަމުން ނަންގަވާ ރުއްގަހުގެ އަގު ވަގުތުން އަދާ ކުރައްވަން ޖެހޭނެއެވެ. ވަގުތުން އަގު އަދާ ނުކުރައްވާ ނީލަންތައް ކެންސަލްކޮށް އަލުން ނީލަން ކިޔޭނެއެވެ. ނީލަމަށް ވަޑައިގަންނަވާ ފަރާތްތަކުން ވަޑައިގަންނަވާނީ މަޑޫ ގޯތި ( ރީހުއްޞަބާ މުޙައްމަދު ވަހީދު ގެ ) ކައިރިއަށެވެ.

       ނީލަމުން ނަންގަވާ ރުއް 3 ދުވަހުގެ ތެރޭގައި ގެންދަވަން ވާނެއެވެ. 3 ދުވަހުގެ ތެރޭގައި ނުގެންދަވާ ރުއް ބޭނުންނެތީކަމުގައި ބަލައި، އުކައިލުން ނުވަތަ ބޭނުންވާ ފަރާތްތަކަށް ދޫކޮށްލުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

       މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

20 ޖުލައި 2020
ހޯދާ