ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ގެސްޓްހައުސް މައްޗަށް ވެއްޓިފައިވާ ނިކަގަސް ނަގައި، އެސަރަހައްދުގައި ހުރި ނިކަގަހުން އެ ސަރަހައްދުގައިވާ ގެތަކަށް ގެއްލުންވާގޮތައް ހުރި ގޮފިތައް ކަނޑާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް

ރައްޔިތުންގެ ގެސްޓްހައުސް މައްޗަށް ވެއްޓިފައިވާ ނިކަގަސް ނަގައި، އެސަރަހައްދުގައި ހުރި ނިކަގަހުން އެ ސަރަހައްދުގައިވާ ގެތަކަށް ގެއްލުންވާގޮތައް ހުރި ގޮފިތައް ކަނޑާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރެވުނު ނަމްބަރ :(IUL)259/2020/32 އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑްތައް އެކަށީގެންވާ ވަރަށްވުރެ އަގު ބޮޑުވުމުގެ ސަބަބުން އެ ބިޑްތައް ބާތިލްކޮށް، އަލުން ދެ މަސައްކަތަށް ވަކިން ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ބިޑް ހުށަހަޅުއްވާނީ އެކަމަށް ޚާއްޞަކޮށް ކައުންސިލުން ދޫކުރާ ބިޑް ހުށަހަޅާ ފޯމުންނެވެ.

މިކަމަށް ހުޅުވާލެވިފައިމިވަނީ؛ އާންމު ފަރުދުންނަށް، ރާއްޖޭގައި ރަޖިސްޓްރީވެގެން ހިންގާ ވިޔަފާރިތަކަށާއި ކުންފުނިތަކަށެވެ.

1-    ބީލަމުގައި ބައިވެރިވެވޭނީ އެކަމަށް އެދި މި އިދާރާގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވުމަށް އެދި 2020 ޖުލައި 20 ން ފެށިގެން 2020 އޯގަސްޓް 06 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރުފަހު 14:00 އާ ދެމެދު ފިނޭ ކައުންސިލްގެ އިދާރާއަށް ދުރުވެ ނުވަތަ 6520027 ނަންބަރު ފޯނާ ގުޅުއްވައިގެންވެސް ރަޖިސްޓްރީ ކުރެވޭނެއެވެ.

2-    މިމަސައްކަތާއި ބެހޭ އެންމެހާއި ލިޔެކިއުންތައް،މި އޮފީހުގެ ވެބްސައިޓް www.fineycouncil.gov.mv އިން 2020 ޖުލައި 20 ން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ކައުންސިލު އިދާރާއިން ލިބެން ހުންނާނެއެވެ.

3-    ބީލަންތައް ހުޅުވުން އޮންނާނީ 2020 އޯގަސްޓް 12  ވާ ބުދަ ދުވަހުގެ 11:00 ގައި ހދ. ފިނޭ ކައުންސިލްގެ އިދާރާގައެވެ. ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

4-    އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ

ބޮޑުމަގު، ހދ،ފިނޭ ، ދިވެހިރާއްޖެ

ފޯން: 6520027

އީމެއިލް: [email protected]

20 ޖުލައި 2020
ހޯދާ