މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
1. މޯލްޑިވްސް އިމިގްރޭޝަންގެ އޮފީސް އިމާރާތެއް، ސ.ހިތަދޫ އަދި ހދ.ކުޅުދުއްފުށީގައި ޤާއިމްކުރުމަށްޓަކައި ބޭނުންވާ ކޮންސެޕްޓް ޑިޒައިން އަދި ޑީޓެއިލް ޑިޒައިންކޮށް، ކޮންސަލްޓެންސީ ދެވޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އަންދާސީ ހިސާބު ބޭނުންވެއްޖެ 

 ޕްރޮޖެކްޓް ނަންބަރު:  PC-942020W-12 

 

  1. މޯލްޑިވްސް އިމިގްރޭޝަންގެ އޮފީސް އިމާރާތެއް، ސ.ހިތަދޫ އަދި ހދ.ކުޅުދުއްފުށީގައި ޤާއިމްކުރުމަށްޓަކައި ބޭނުންވާ ކޮންސެޕްޓް ޑިޒައިން އަދި ޑީޓެއިލް ޑިޒައިންކޮށް، ކޮންސަލްޓެންސީ ދެވޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
  2. މިމަސައްކަތާއި ގުޅޭ ލިޔެކިޔުންތައް މިއޮފީހުގެ ވެބްސައިޓް: www.immigration.gov.mv އިން 20 ޖުލައި 2020 ފެށިގެން ލިބެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  3. މިޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށާއި މިޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 06 އޯގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. އަދި މިމުއްދަތު ހަމަވުމުން އެކިފަރާތްތަކުން ފޮނުވާފައިވާ ސުވާލުތަކަށް އެކުގައި ޖަވާބުދެވޭނެއެވެ.
  4. ބީލަން ހުށައެޅުން އޮންނާނީ 13 އޯގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ 11:00  އަށް މިއޮފީހުގެ އެސްޓޭޓް އެންޑް ޕްރޮކިއުމަންޓް ޔުނިޓް (ހުރަވީ ބިލްޑިންގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލާންތައް ހުންނަންވާނީ ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓޭޓް އެންޑް ޕްރޮކިއުމަންޓް ޔުނިޓް،

މޯލްޑިވްސް އިމިގްރޭޝަން،

ހުރަވީ ބިލްޑިންގް، 2 ވަނަ ފަންގިފިލާ،

އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން    : +960 3330436, +960 3330564

އީމެއިލް  : [email protected]

ކޮޕީ    : [email protected]

 

06 ޖުލައި 2020
ހޯދާ