ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢާއްމު އުނދަގުލާބެހޭ ޤަވާޢިދާއި އުޞޫލާއި ޚިލާފަށް ކޮށްފައިވާ ކަންކަން ރަނގަޅުކުރަން އެންގުން.

ޤާނޫނު ނަމްބަރު: 7/2010 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 151 ވަނަ މާއްދާއިން މި ކައުންސިލަށް ލިބިދޭ ބާރުގެދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފާގެމަތިން މިކައުންސިލުން އެކުލަވާލައި ޤާނޫނީ ބާރު ލިބިފައިވާ، ނަމްބަރު: 2014/R-112 (4 އޮގަސްޓް 2014) ޢާއްމު އުނދަގުލާއި ބެހޭ ޤަވާޢިދާއި އެ ޤަވާޢިދުގެ 18 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި މިކައުންސިލުން އެކުލަވާލައި 15 ނޮވެންބަރު 2018 ގައި ޢާއްމުކޮށްފައިވާ، ޢާއްމު އުނދަގުލާބެހޭ އުޞޫލުގެ 8 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް، ކުނި އުކަން ޚާއްޞަކުރެވިފައިވާ ތަންތަން ފިޔަވައި އެނޫންތަންތަނަށް ކުނި އުކުމާއި އެ އުޞޫލުގެ 11 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް އެކި ތަންތަނުގައި އަލިފާން އެންދުމާއި އެ އުޞޫލުގެ 14 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް، މަގުގައި ހިނގާ މީހުންނާއި ދުއްވާ ތަކެއްޗަށް ދަތިވާ ގޮތަށް މަގުމަތީގައި މުދަލާއި ތަކެތި ބެހެއްޓުމާއި، އެ މާއްދާގެ  (ނ) އާއި ޚިލާފަށް އިޖުތިމާޢީ ސަރަޙައްދު ތަކާއި މަގުމަގާއި ހުސްބިންތަކާއި ވަލުތެރޭގެ އެކި ސަރަޙައްދުތަކުގައި ދަރު، ދަނޑި،ފަން، ލަކުޑި ފަދަ ތަކެތި ބެހެއްޓުމާއި އެ މާއްދާގެ (ރ) އާއި ޚިލާފަށް މަގުގޯޅިއަށް ވެލިއެޅުންފަދަ ކަންކަން ކުރަމުން އެބަދެއެވެ.

ވީމާ، ޢާއްމުއުނދަގުލާ ބެހޭ ޤަވާޢިދާއި އެ ޤަވައިދު ނަގަހައްޓައި ހިންގުމަށްޓަކާއި އެކުލަވާލާފައިވާ އުޞޫލާއި ޚިލާފަށް ކުރަމުންދާ މަތީގައި ދަންނަވާފައިވާ ކަންކަން ކުރުން ހުއްޓާލުމަށާއި އެފަދަ ކަންކަން ތަކުރާރުނުކުރުމަށް އަންގާ ނަޞީޙަތްތެރިވަމެވެ. އަދި ރަށުގެ ވަލުގެ އެކި ސަރަޙައްދުތަކާއި އިޖުތިމާޢީ ސަރަޙައްދުތަކާއި ހުސްބިންތަކާއި މަގުމަގުގައި ވަލުތެރޭގެ އެކި ސަރަޙައްދުތަކުގައި އެކިފަރާތްތަކުން ޤަވާޢިދާ ޚިލާފަށް ބަހައްޓާފައި ހުރި ދަރު، ދަނޑި، ފަން، ލަކުޑިފަދަ ތަކެތި 2020 އޮގަސްޓް 16 ވަނަ ދުވަހުގެކުރިން ނަގައި ތަންސާފުކުރުމަށް އަންގައި އިޢުލާނުކުރަމެވެ. އަދި ދަންނަވާފައިވާ މުއްދަތުގައި ނުނަގައި ހުންނަ ތަކެތި މިއިދާރާއިން ނަގައި ނައްތާލާނެ ވާހަކަވެސް ދަންނަވަމެވެ. އަދި މި ޤަވާޢިދާއި އުޞޫލާއި ޚިލާފަށް ތަކުރާރުކޮށް ޢަމަލުކުރާ ފަރާތްތަކާމެދު އެ ޤަވާޢިދާއި އުޞޫލުގައިވާ ގޮތުގެމަތިން ޤާނޫނީ ފިޔަވަޅުއަޅާނެ ވާހަކަވެސް ދަންނަވަމެވެ.

29 ޛުލްޤަޢިދާ   1441

20 ޖުލައި     2020

ހޯދާ