މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
Boat Thakeh Siteelaa Neelamugai Vikkaalun

އިޢުލާން

 ބޯޓުތަކެއް ސިޓީލާ ނީލަމުގައި ވިއްކާލުން

            މިކުންފުނީގައި ބޭނުންކޮށްފައިވާ އުޅަނދު ތަކެއް ނީލަމުގައި ވިއްކާލުމަށް ކުރި މިކުންފުނީގެ ނަންބަރ 134-AD/I/2020/08 އިޢުލާންއާއިގުޅިގެން އެއްވެސް ފަރާތަކުން ނީލަމުގައި ބައިވެރިވެފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް، މި އުޅަނދުފަހަރު ސިޓީލާ ނީލަމުގައި ވިއްކާލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މި އުޅަނދުތައް އޮންނާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް (ގއ. ކޫއްޑޫ) އާއި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް (ޅ. ފެލިވަރު) ގައެވެ. ނީލަމުގައި ބައިވެރި ވެވޭނީ، ކަނޑައެޅިފައިވާ ޑިޕޮޒިޓް ދެއްކުމަށްފަހު ރަޖިސްޓްރީ ކުރެވޭ ފަރާތްތަކަށެވެ. ޑިޕޮޒިޓްގެ ގޮތުގައި ދައްކަންޖެހޭނީ އެ ނީލަމެއް ފެށޭ އަގުގެ % 15 އެވެ. އަގުހުށަހަޅުއްވާނީ، މިކަމަށްޓަކައި މިފްކޯގައިބަހައްޓާފައިވާ ފޮއްޓަށެވެ. އަގު ހުށަހަޅުއްވާނީ ކޮންމެނީލަމަކަށް ވަކިންނެވެ. ހުށަހެޅޭ އެންމެ މަތީއަގު ރަސްމީ ބަންދުނޫން ކޮންމެދުވަހެއްގެ ހެދުނު 10.00ގައި މިކުންފުނީގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ.   އެކަށީގެންވާ އަގަކަށް އެރުމަށްފަހު ޖެހިޖެހިގެން 3 ދުވަހު (ބަންދު ދުވަސްތައް ނުހިމަނާ) އެއްއަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅިފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. އުޅަނދުގެ ހާލަތު ބެލުމަކީ ނީލަމުގައި ބައިވެރިވާ ފަރާތުގެ ކަމެކެވެ. މި އުޅަނދުފަހަރު ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން ސައިޓްތަކަށް (ކޫއްޑޫ / ފެލިވަރު)އަށް ވަޑައިގަތުމުން ބެއްލެވޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ. އިތުރު މައުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން 7776326 ފޯނާގުޅުއްވުން އެދެމެވެ. މި އުޅަނދު ފަހަރާއި ބެހޭ މަޢުލޫމާތު ތިރީގައި މިވަނީއެވެ. 

ނީލަން ނަންބަރު

އުޅަނދުގެ ނަން

އުޅަނދުގެ ބާވަތް

އޮތްތަން

ނީލަން ފެށޭއަގު

މަދުވެގެން އިތުރު ކުރެވޭނެވަރު

AUC-01

ފެލިވަރު 3

ދޯނި (ލަކުޑި)

ޅ. ފެލިވަރު

5،000.00

500.00

AUC-02

ސްކިޕްޖެކް 3

ކަލެކްޓަރ ވެސަލް (ފައިބަރގްލާސް)

ޅ. ފެލިވަރު

7،000.00

700.00

AUC-03

އޭރީސް ޓަގް

ޓަގްބޯޓް (ދަނގަޑު)

ޅ. ފެލިވަރު

10،000.00

1،000.00

AUC-04

އަލްފާ

ލޯންޗް (ފައިބަރގްލާސް)

ޅ. ފެލިވަރު

20،000.00

2،000.00

AUC-05

އޮމެގާ

ލޯންޗް (ފައިބަރގްލާސް)

ޅ. ފެލިވަރު)

10،000.00

1،000.00

AUC-06

ރަންދި 14

ކަލެކްޓަރ ވެސަލް (ދަނގަޑު)

ޅ. ފެލިވަރު)

50،000.00

5،000.00

AUC-07

ރަންދި 17

ކަލެކްޓަރ ވެސަލް (ދަނގަޑު)

ޅ. ފެލިވަރު

50،000.00

5،000.00

AUC-08

ރަންދި 18

ކަލެކްޓަރ ވެސަލް (ދަނގަޑު)

ޅ. ފެލިވަރު

50،000.00

5،000.00

AUC-09

ކޫއްޑޫ ޓަގް

ޓަގް ބޯޓް (ދަނގަނޑު)

ގއ. ކޫއްޑޫ

10،000.00

1،000.00

AUC-10

ރަންދި -28

ކަލެކްޓަރ ވެސަލް (ފައިބަރގްލާސް)

ގއ. ކޫއްޑޫ

25،000.00

2،500.00

 

       ނީލަންނިމި، އުޅަނދު ނަގާފަރާތުން ފައިސާ ދައްކާއިރު ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އަގުގެތެރެއިން އުނިކޮށްދެވޭނެއެވެ. އަދި ފައިސާދެއްކުމަށް ދެވޭ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓިފައިސާ އަބުރާ ނުލިބޭނެއެވެ. ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އަނބުރާ ލިބޭނެެއެވެ. ނީލަން ކާމިޔާބު ކުރާފަރާތަށް ފައިސާ ދެއްކުމަށް ހަދާ އިންވޮއިސްގައި މުދަލުގެ އަގުގެ އިތުރުން ޖީ.އެސް.ޓީ ވަކިން ހިމެނޭނެއެވެ. ނީލަން ކާމިޔާބުވި ފަރާތަށް އެކަން އަންގާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ފައިސާ ދައްކާ އެ އުޅަނދަކާއި ހަވާލުވާން ވާނެއެވެ. ނީލަމުގައި ބައިވެރި ވުމަށް ހުށަހަޅުއްވާ ސިޓީގައި، ނީލަން ނަންބަރ، އެފަރާތެއްގެ ފުރިހަމަ ނަން، އެޑްރެސް، އައި.ޑީ. ކާޑު ނަންބަރ، ގުޅޭނެ ފޯނު ނަންބަރ އަދި އީމެއިލް އެޑްރެސް ހިމަނަންވާނެއެވެ. އެއްވެސް ހާލަތެއްގައި ނީލަން ބާޠިލް ކުރަންޖެހިއްޖެ ހިދެއްގައި، ނީލަން ބާޠިލް ކުރުމުގެ އިޚްތިޔާރު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް އަށް ލިބިގެންވެއެވެ.

20 ޖުލައި 2020
ހޯދާ