ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސްޓެލްކޯ ފެން ޑިސްޓްރިބިއުޓް ކުރަނެ ފަރާތެއް ހޯދުމަށް

 

ނަންބަރު:48/2020-R

 

އިޢުލާން

މި ކުންފުނީގެ ފަރާތުންދޭ މަޢުލޫމާތާއި ކަނޑައަޅާ އުސޫލްތަކާއި އެއްގޮތްވާ ގޮތުގެ މަތިން ސްޓެލްކޯ ފެން ޑިސްޓްރިބިއުޓް ކުރަން ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 21  ޖުލައި 2020 ވާ އަންޤާރަ ދުވަހުގެ ހެނދުނު 10:30 އަށް މިކުންފުނީގެ ހެޑްއޮފީސް، 2 ވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރިއަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުމަށްފަހު 04 އޮގަސްޓް 2020  ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ސްޓެލްކޯ އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

ވީމާ މި މައުލޫމާތު ތަކުގެ އިތުރުން ވިޔަފާރީގައި ބޭނުންކުރާނެ މައިގަނޑު ވަސީލަތްތަކާއި އަދި ޑިސްޓްރިބިއުޓް ކުރަން ރޭވިފައިވާ ގޮތާއި، މައިގަނޑު ކަސްޓަމަރުންނަކީ ކޮބައިކަމާއި، ކުރިއަށްއޮތް 06 މަސް ދުވަހަށް ލަފާކުރެވޭ ސޭލްސް ހިމަނައި، އަދި ތިފަރާތުން ފެން ޑިސްޓްރިބިއުޓަރުކަން ކުރުމުގެ ޤާބިލްކަން ހުރި މިންވަރު ޕްރޮޕޯސަލްގައި ބަޔާންކޮށް ދެއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338354/3338359 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected]  މިއެޑްރެހަށެވެ.

                                      28 ޛުލްޤައިދާ 1441                                                                         

 

19 ޖުލައި 2020
ހޯދާ