ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް
ދިވެހިރާއްޖެ
ކޮންސްޓްރަކްޝަން މެޓީރިއަލްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

 

އިޢުލާން

ނަމްބަރު: GMIZL/IUL/PROC/2020/017

 

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްއަށް ކޮންސްޓްރަކްޝަން މެޓީރިއަލްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މި ކުންފުނިން ދޭ މައުލޫމާތާއި އެއްގޮތަށް މި ތަކެތި ސަޕްލައި ކޮށްދެއްވުމުގެ ތަޖްރިބާ އާއި ގާބިލްކަން ހުރި ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވައިލާ ދައުވަތު އަރުވަމެވެ.

 

ތަފްޞީލް

ތަން

ދުވަސް

ތާރީޚް

ގަޑި

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރވުން

ޖީ.އެމް.އައި.ޒެޑް.އެލް ހެޑް އޮފީސް

ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ

-

20 ޖުލައި 2020 އިން 22 ޖުލައި 2020 އަށް

09:00 އިން  13:00 އަށް

މަޢުލޫމާތު ކަރުދާސް އީ-މެއިލް ކުރުން

ބުރާސްފަތި

23 ޖުލައި 2020

15:00 ގެ ކުރިން

ޕްރީ ބިޑް މީޓިންގ

އާދިއްތަ

09 އޮގަސްޓް 2020

10:30 ގައި

ބިޑް ހުށައެޅުން އަދި ބިޑް ހުޅުވުން

ބުރާސްފަތި

13 އޮގަސްޓް 2020

10:30 ގައި

 

 

 

 

 

 

 

 

މުހިންމު މައުލޫމާތު:

  • ބީލަމުގައި ބައިވެރި ވެވޭނީ ފާއިތުވި 2 އަހަރު ދުވަހު މެދުނުކެނޑި ކޮންސްޓްރަކްޝަން މެޓީރިއަލްސް ސަޕްލައިކޮށް،އެނުއަލް ޓާންއޯވަރގެ ގޮތުގައި މަދުވެގެން 3 މިލިއަން ރުފިޔާ ހުރި ކުންފުނި / ވިޔަފާރި ތަކަށް އެކަންޏެވެ.
  • ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން ބީލަން ފޮތް ބައްލަވައިގަތުމަށްޓަކައި 500.00 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ދައްކަންވާނެއެވެ. ރަޖިސްޓްރޭޝަން ފީއަކީ 'ނޮން ރިފަންޑަބްލް' ފީއެކެވެ.
  • ބީލަން ބާޠިލްވާ މުއްދަތު މަދުވެގެން 120  (ސަތޭކަ ވިހި) ދުވަހަށް ވާންވާނެއެވެ.
  • ބިޑް ސެކިއުރިޓީގެ ގޮތުގައި 10,000.00 ރުފިޔާ (ދިހަ ހާސް ރުފިޔާ) ބީލަން ހުށަހަޅުއްވާ އިރު ހުށަހަޅުންވަން ވާނެއެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތު ބިޑް ވެލިޑިޓީ މުއްދަތަށްވުރެ 30 (ތިރީސް ދުވަސް) އިތުރު ވާންވާނެއެވެ.
  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
  • ބީލަން ކާމިޔާބު ކުރާ ފަރާތުން ޕާރފޯމެންސް ސެކިއުރިޓީގެ ގޮތުގައި އަގުގެ (ދިހަ އިންސައްތަ) ދައްކަންވާނެއެވެ.
  • ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރެވޭނެއެވެ.

 

ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ވެފައިވާ ފަރާތްތަކަށެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކުންފުނީގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކުއެވެ.

މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން ޕްރޮކިއުމަންޓް ސެކްޝަނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. 

 

19 ޖުލައި 2020

28 ޛުލްޤަޢިދާ 1441

 

ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލި                         Fen Building/ 4th floor

އަމީނީމަގު، މާލެ، ދިވެހިރާއްޖެ                 Ameenee Magu, Male’, Republic of Maldives

ފޯން: 3307513،3307515 ފެކްސް: 3307514              Tel: 3307513, 3307515 Fax: 3307514

19 ޖުލައި 2020
ހޯދާ