މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ޅ.މާފިލާފުށީގައި މަސައްކަތްކުރައްވާ ސިފައިންނަށާއި ޢާއްމު މުވައްޒަފުންނަށް ކައްކާ ކާން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް

                                                               

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1. މިނިސްޓްރީ އޮފް ޑިފެންސްގެ އެދިލެއްވުމުގެ މަތިން، ޅ.މާފިލާފުށީގައި މަސައްކަތްކުރައްވާ ސިފައިންނަށާއި ޢާއްމު މުވައްޒަފުންނަށް ކައްކާ ކާން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުންބޭނުންވެއެވެ. މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، 2020 އޯގަސްޓު 16 ވާ އާދިއްތަ ދުވަހުގެ 14:00 ގެކުރިން ތިރީގައިވާ އެޑްރަހަށް މެއިލްކުރުމުން ރެޖިސްޓްރީ ކޮށްދެވޭނެއެވެ.

3. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 އޯގަސްޓު 4 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

4. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/120,000ރ (ސަތޭކަ ވިހިހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

5. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި 2020 ޖުލައި 20 އިން ފެށިގެން މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި، މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

6. މި ޕްރޮޖެކްޓް ކާމިޔާބުކުރާ ފަރާތްތަކުން ކައްކާ ކާންދިނުމުގެ ކަންތައްތައް އިންތިޒާމް ކުރަންޖެހޭނީ އެރަށެއްގައެވެ. ރަށުން ބޭރުން ކައްކައިގެން ގެންދިއުމަށް ހުއްދައެއް ނުދެވޭނެއެވެ.

7. ހުށަހަޅާ އަންދާސީ ހިސާބު އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފްޞީލު މިޕްރޮޖެކްޓުގެ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.

8. ބިޑު ހުޅުވުން އޮންނާނީ 2020 އޯގަސްޓު 17 ވާ ހޯމަ ދުވަހުގެ 1300ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން : +(960) 3349105,+(960) 3349104

އީމެއިލް :[email protected]

ކޮޕީ : [email protected]

19 ޖުލައި 2020

19 ޖުލައި 2020
ހޯދާ