ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
ލީގަލް އޮފިސަރ

ވަޒީފާގެ ފުރުޞަތު

ނަންބަރު:17(IUL)197-A1/1/2020/

ތާރީޚް:  19 ޖުލައި 2020

މަޤާމް

ލީގަލް އޮފިސަރ

ރޭންކް: JS12-2

ބޭނުންވާ ޢަދަދު

01

 

މަސައްކަތްކުރަންޖެހޭ ތަން

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

އަސާސީ މުސާރަ

-/9412 ރުފިޔާ

މަޤާމަށް ކަނޑައެޅިފައިވާ އިތުރު އެލަވަންސްތައް

- ޖުޑީޝަލް އެލަވަންސް: 6117.80 ރ (އަސާސީ މުސާރައިގެ %65)

- ސަރވިސް އެލަވަންސް: -/3000

- ލިވިންގ އެލަވަންސް: -/3000

- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.

އަސާސީ ޝަރުޠު

1- ޝަރީޢަތާއި ޤާނޫނު، ޝަރީޢާ ނުވަތަ ޤާނޫނުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު

1- ރަޖިސްޓްރަރ ކަނޑައަޅާ ގޮތެއްގެ މަތިން ކޯޓަށް ހުށަހެޅޭ އެންމެހާ މައްސަލަތަކުގެ ރަޖިސްޓްރީ އާއި ކުށުގެ ރެކޯޑު ޑާޓާބޭސް އަދާހަމަކުރެވޭކަން ކަށަވަރުކުރުން.

2- ރަޖިސްޓްރަރ ކަނޑައަޅާ ގޮތެއްގެ މަތިން ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ލިޔުންތައް ޗެކުކޮށް ލިޔުންތައް ފުރިހަމަކުރުވައި ރަޖިސްޓްރަރ އަރިހަށް ގެންދިއުން.

3- ރަޖިސްޓްރޭޝަން ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތްތައް ރަޖިސްޓްރަރ އަންގަވާ ގޮތެއްގެ މަތިން ބެލެހެއްޓުން.

4- އަލަށް ޤަޟިއްޔާ ނަންބަރު ދެވޭ މައްސަލަތަކުގެ މަޢުލޫމާތު ކައުންޓަރާއި ހިއްސާކުރެވޭތޯ ކަށަވަރުކުރުން.

5- އަލަށް ޤަޟިއްޔާ ނަންބަރު ދެވި ޝަރުޢީ ސެކްޝަންތަކާ ޙަވާލުކުރުމަށް ތައްޔާރުކުރެވޭ ފައިލްތައް ޗެކުކުރުމާއި ޝަރުޢި ސެކްޝަންތަކާ ފައިލް ޙަވާލުކުރެވޭކަން ކަށަވަރުކުރުން.

6- ސެކްޝަންގެ އެންޓްރީ އަދި ލިޔުންތަކަށް ރަޖިސްޓްރަރގެ މަޝްވަރާގެ މަތިން ފިޔަވަޅު އެޅުން.

7- ކޯޓަށް ހުށަހެޅި ރަޖިސްޓްރީ ކުރެވިފައިނުވާ މައްސަލަތަކާ ގުޅިގެން ޗުއްޓީ ހޯދުމަށް އެދޭ ފަރާތްތަކަށް ޗުއްޓީ ހަމަޖެއްސުމައްޓަކައި، ޑިވިޜަން އިން ތައްޔާރުކުރާ ޗުއްޓީއަށް އެދިފައިވާ ފަރާތްތަކުގެ މަޢުލޫމާތު ޝީޓު ދުވަހުން ދުވަހަށް އަޕްޑޭޓް ކުރާކަން ކަށަވަރުކުރުން.

8- ކޯޓުގެ ބޭނުމަށް ޙާޟިރުކުރަންޖެހޭ ފަރާތްތައް ޙާޟިރުކުރުމަށް ފޮނުވަންޖެހޭ ކޯޓު އަމުރުތައް ޗެކްކޮށް ފޮނުވުނުތޯ ކަށަވަރުކުރުން)

9- އިބްތިދާޢީ ބައްދަލުވުންތައް ބޭއްވުމުގައި ރަޖިސްޓްރަރ އަށް އެހީތެރިވެދިނުން.

10- ކޯޓަށް ހުށަހެޅި ފައިވާ މައްސަލަތަކުގެ ތެރެއިން ގޮތެއް ނުނިމި ލަސްވާ ސަބަބު ދެނެގަނެ ރަޖިސްޓްރަރގެ މަޝްވަރާގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

11- އިސްތިޢުނާފް ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުތަކުގެ ތެރެއިން ލިޔުންތައް ފުރިހަމަ ނުވުމުގެ ސަބަބުން އެންޓްރީ ނުކުރެވި ލަސްވާ މައްސަލަތަކުގެ މަޢުލޫމާތު ސާފުކޮށް ދުވަހުން ދުވަހަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

12- ކޯޓަށް ހުށަހެޅި ރަޖިސްޓްރީ ކުރެވިފައިނުވާ މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ޝަކުވާ ސިޓީތަކަށް ރަޖިސްޓްރަރގެ އިރުޝާދުގެ މަތީން ފިޔަވަޅުއެޅުން.

13- ކޯޓަށް ހުށަހެޅި ރަޖިސްޓްރީ ކުރެވިފައިނުވާ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުމާއި، މައްސަލަތަކުގައި ހިމެނޭ ފަރާތްތަކާއި ކުރަންޖެހޭ މުޢާމަލާތް ކުރުން.

14- ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް ބަލަހައްޓަންޖެހޭ ތަފާސްހިސާބުތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގެ އިންތިޒާމް ހަމަޖެއްސުން.

15- ރަޖިސްޓްރަރ އަށް އެހީތެރިވެ އެއްބާރުލުން ދިނުމާއި، ރަޖިސްޓްރޭޝަން ސެކްޝަންގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުމުގައި ރަޖިސްޓްރަރ ކަނޑައަޅާ ގޮތެއްގެ މަތިން އަދާކުރަންޖެހޭ އެންމެހާ މަސްއޫލިއްޔަތުތައް އަދާކުރުން.

ތަޢުލީމީ ދާއިރާ

ޝަރީޢާ / ޤާނޫނު

މަސައްކަތާ ގުޅޭ ތަޢުލީމީ ސެޓްފިކެޓް

ޝަރީޢަތާއި ޤާނޫނު، ޝަރީޢާ ނުވަތަ ޤާނޫނު

ހުށަހަޅަންޖެހޭ ތަކެތި

1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމު.

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.

6- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތަޢުލީމު ދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.

7- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަނޑި

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ކޯޓުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2020 އޮގަސްޓު 05 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި ކޯޓަށް ހުށަހެޅުއްވުން ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

އެހެނިހެން ޝަރުތު

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީ ގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅި ކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  2. ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް މި ކޯޓުގެ މުވައްޒަފަކަށް ހުރި ފަރާތެއްކަމުގައި ނުވުން.

މަޤާމަށް މީހަކު ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  1. ރަސްމީ ދުވަހާއި ބަންދު ދުވަސްތަކުގައިވެސް ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން.
  2. ޤާނޫނުތަކާއި ޤަވާޢިދުތަކަށް އަހުލުވެރި ފަރާތަކަށްވުން.
  3. އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތް ކުރަން އެނގޭ ފަރާތަކަށްވުން.
  4. މައިކްރޯސޮފްޓް އޮފީސް ފަދަ ޕްރޮގްރާމްތައް ފަރިތަކަމާއިއެކު ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
  5. އިނގިރޭސި ބަހާއި ދިވެހިބަހުގެ ހަމަތަކާއި، އުޞޫލުތަކާ އެއްގޮތަށް ލިޔުންތައް ތައްޔާރުކުރުމުގެ ޤާބިލްކަން ހުރިފަރާތަކަށްވުން.

އިތުރު މަޢުލޫމާތު

  1. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
  2. މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3009990
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  4. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.
  5. މި ކޯޓުގެ ވަޒީފާއަށްއެދޭ ފޯމް މި ކޯޓުގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ. މި ކޯޓުގެ ވެބްސައިޓްގެ އެޑްރެހަކީ www.supremecourt.gov.mv  އެވެ. އަދި ބޭނުންވާ ފަރާތްތަކަށް މި ކޯޓުގެ ކައުންޓަރުން ފޯމު ލިބެންހުންނާނެއެވެ.
19 ޖުލައި 2020
ހޯދާ