މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ހިގަމުންދާ ގްރީން ބިލްޑިންގ އަދި އެނެކްސް ބިލްޑިން އިމާރާތް އިންޝުއަރެންސް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ހިގަމުންދާ ގްރީން ބިލްޑިންގ އަދި އެނެކްސް ބިލްޑިން އިމާރާތް އިންޝުއަރެންސް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ އެކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށައެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

މި މިސައްކަތާއި، ބީލަމާގުޅޭ އިތުރު މައުލޫމާތު ހިމެނޭ "މައުލޫމާތު ޝީޓު" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، މައުލޫމާތު ޝީޓްގައި ދެވިފައިވާ މިންގަނޑުތަކަށެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން،އީމެއިލް-އެޑްރެސް އަދިގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިލަން ހުށަހަޅާ ތާރީޚުން ފެށިގެން 60 ދުވަސް އޮންނަންވާނެއެވެ.

 ބީލަން ހުށަހަޅާނީ 06 އޯގަސްޓް 2020  ވާ ބުރާސްފަތި ދުވަހު 11:00 ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ރިސެޕްޝަނަށްށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.  ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 06 އޯގަސްޓް 2020  ވާ ބުރާސްފަތި ދުވަހު 11:00 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 03 އޯގަސްޓް 2020  ވާ ހޯމަ ދުވަހު 14:00  ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް: [email protected]

ކޮޕީ:[email protected]

 

 

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިއުމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ހިގަމުންދާ ގްރީން ބިލްޑިންގ އަދި އެނެކްސް ބިލްޑިން އިމާރާތް އިންޝުއަރެންސް ކުރުމަށް

އިޢުލާނު ނަންބަރު: (IUL)438-AU/1/2020/20

ހުށަހެޅީ؛

(ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)

(ބީލަން ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީމެއިލްއެޑްރެސް)
 

ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ލިބިގެންވެއެވެ.

19 ޖުލައި 2020
ހޯދާ