މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
•އަންދާސީ ހިސާބު ބޭނުންވެއްޖެ.

އިއުލާން

  • މިކައުންސިލަށް ދައުވާ ލިބޭ މައްސަލައެއްގައި ދިވެހިރާއްޖޭގެ ސުޕުރީމް ކޯޓުގައި ވަކާލާތު ކުރުމަށް، ވަކީލަކު ހޯދުމާއި ގުޅޭ

         ދިވެހިރާއްޖޭގެ ސުޕުރީމް ކޯޓަށް ހުށަހަޅާފައިވާ، މިކައުންސިލަށް ދައުވާލިބޭ މައްސަލައަކާއި ގުޅޭގޮތުން މިކައުންސިލަށް ޤާނޫނީ ލަފާދިނުމާއި، ޤާނޫނީ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމާއި، އަދި މިމައްސަލަ އާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕުރީމް ކޯޓުގައި ވަކާލާތު ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

         ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ، ނުވަތަ އީމެއިލް: [email protected]  މެދުވެރިކޮށް  23 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން މައުލޫމާތު ސާފުކުރެއްވުމަށް އެދި ރަޖިސްޓަރ ކުރެއްވުމަށް ނަމާއި، އީމެއިލް އެޑްރެސް އަދި ގުޅޭނެ ފޯންނަމްބަރެއް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި 04 އޮގަސްޓް 2020 ވާ އަންގާރަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުމަށްވެސް ދަންނަވަމެވެ.

         މައުލޫމާތު ސާފުކުރުމަށް ރަޖިސްޓަރ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ދަންނަވަމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް 6640072 ނުވަތަ 7906473 ފޯން ނަމްބަރަށް ގުޅުއްވުމަށްވެސް ދަންނަވަމެވެ.

         މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

16 ޖުލައި 2020
ހޯދާ