މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖްގެ އުޞޫލުން މުއައްޒަފުން ހޯދުމާގުޅޭ

އިޢުލާން

ވޭޖްގެ އުޞޫލުން މުއައްޒަފުން ހޯދުމާގުޅޭ

މަޤާމް: މަސައްކަތު ( ވަގުތީ )

ބޭނުންވާ ޢަދަދު:  01

ގިންތި:  ވަގުތީ

ރޭންކު:  އެސް.އެސް 1

މުއްދަތު: މީލާދީ 01 އަހަރު

ވަޒީފާ އަދާކުރަންޖެހޭ ތަން:  ހިންމަފުށީ މިސްކިތް

މަސައްކަތް ކުރަންޖެހޭ ވަގުތު: މިމަޤާމަށް ހޮވޭ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭނީ މިއިދާރާއިން ހަމައްސަވާ މިސްކިތެއްގަ އެވެ. އެހެންކަމުން މުސާރަ އާއި އެލަވަންސް ލިބިލައްވާނީ ހަމައެކަނި މިސްކިތަށް ނިކުންނަދުވަސްތަކަށެވެ.

މުސާރަ އާއި އެލަވަންސް: އިމާމް –ކޮންމެ ނަމާދު ވަގުތަކަށް -/45ރ ( ސާޅީސް ފަސްރުފިޔާ ) ގެ ރޭޓުން.

ތަޢުލީމާއި ތަޖުރިބާ:

  • އަސާސީ ފެންވަރަށް ލިޔަން ކިޔަން އެގުމާއި އެކު މަޤަމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުން.
  • ޢުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންނަށް އިސްކަން ދެވޭނެ އެވެ.

މަޤާމުގެ މަސްއޫލިއްޔަތު:  މިއިދާރާއިން ހަމަޖައްސަވަ މިސްކިތެއްގައި އެމިސްކިތަކާއި އެވަގުތަކު ޙަވާލުވެ ހުންނަވާ އިމާމް / މުދިމް އަންގަވާ ގޮތެއްގެމަތީން މިސްކިތު މަސައްކަތު މުއައްޒަފުން ކުރާ މަސައްކަތްތައް ކުރުމެވެ. އެގޮތުން މިސްކިތް ސާފުކުރާއިރު މިސްކިތާއި މިސްކިތު ގޯތިތެރެއާއި، ވަށާމަގު ކުނިކަހާ ފޮޅަ ސާފުކުރުމާއި ފާޚާނާ އާއި އިސްކުރުބަރި ސާފުކުރުމާއި ދިޔަދޮވި ސަފުކުރުމާއި މިސްކިތުގައި ހެދިފައިވާ ގަސްތައް ބެލެހެއްޓުން ފަދަ ކަންތައްތައް ހިމެނެއެވެ. އަދި މިސްކިތަށް ކަމެއް ދިމާވެއްޖެނަމަ ޤަވާޢިދުން ކައުންސިލް އިދާރާއަށް ރިޕޯޓް ކުރަންވާނެ އެވެ.  

ހުށަހަޅަންޖެހޭ ލިއުންތައް:

  • ވަޒީފާއަށް އެދޭ ފޯމް ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  އާއި ދާއިރާ އާއި ގުޅޭގޮތުން ލިބިފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީ އަދި އެކައުންޓް ނަންބަރު އެގޭނޭފަދަ ލިއުމެއްގެ ކޮޕީ.

މަޤާމަށް އެދުމުގެ ސުންގަޑި:  02 އޮގަސްޓް 2020 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން

މަޢުލޫމާތު ސާފުކުރުން:  އިތުރު މަޢުލޫމަތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގާ މިކައުންސިލްގެ 6642024 ނުވަތަ 7772911 އަށް ގުޅުއްވުން އެދެމެވެ.

15 ޖުލައި 2020
ހޯދާ