ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް މާރުކޭޓުގެ މަތީބައި ކުއްޔަށް ދޫކުރުމާއި ގުޅޭ

ފުވައްމުލަކު ލޯކަލް މާރުކޭޓުގެ މަތީބައި ކުއްޔަށް ދިނުމަށް 23 ޖޫން 2020 ގައި ކުރެވުނު (ނަންބަރ: (IUL)468-LID/468/2020/101) އިޢުލާނާއި ގުޅިގެން ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަހަޅާފައި ނުވާތީ އެބީލަންތައް ބާތިލްވުމާއި ގުޅިގެން، ކުރިން މިދެންނެވި އިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާންކުރަމެވެ.

ވީމާ ލޯކަލް މާރުކޭޓުގެ މަތީބައި ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން  20 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ކުރިން ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގެ ނަންބަރު 6860041 އަށް ގުޅާ ރަޖިސްޓްރީ ކުރެއްވުމަށްފަހު 23 ޖުލައި 2020 ވާ އަންގާރަ ދުވަހުގެ 11:00 އަށް ފުވައްމުލަކު ސިޓީ ކައުންސިލް އިދަރާގެ ލޭންޑް އެންޑް ބިލްޑިންގ ސެކްޝަން އަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.  

                  

                  

15 ޖުލައި 2020
ހޯދާ