ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

ބަނދަރުގައިވާ އުޅަނދުތަކަށް ފެން ދޫކުރުމަށް 4 އައުޓްލެޓް ހަދައި، ފެން ގުޅައިދިނުމުގެ މަސައްކަތް ކުރުމަށް މިއިދާރާގެ ނަމްބަރ: 2020/106 (2020/07/08) އަގުބަލާ ފޯމަށް ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، އެ އަގުތައް ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ގދ. މަޑަވެލި ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް "ބަނދަރުގައިވާ އުޅަނދުތަކަށް ފެން ދޫކުރުމަށް 4 އައުޓްލެޓް ހަދައި، ފެން ގުޅައިދިނުމުގެ މަސައްކަތް" ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

ތަން

ވަގުތު

ދުވަސް

ތާރީޚް

 

މަޑަވެލި ކައުންސިލްގެ މީޓިން ރޫމް

11:00

ހޯމަ

20 ޖުލައި 2020

މަޢުލޫމާތު ދިނުން

11:15

ބުރާސްފަތި

23 ޖުލައި 2020

ބީލަން ހުށަހެޅުން

 

 

 

 

 

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަވްޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފު ކުރެއްވުމަށް ކަނޑަ އެޅިފައިވާ ތާރީޚާއި ގަޑިއަށް މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ޖުލައި 2020
ހޯދާ