ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަން ނުކުރާ ދަނޑުބިންތައް ބާޠިލް ކުރުން

ދަނޑުވެރިކަން ނުކުރާ ދަނޑުބިންތައް ބާޠިލް ކުރުން:

ކޮނޑޭ ދަނޑުބިން ސަރަޙައްދުން ދޫކޮށްފައިވާ ދަނޑުބިން ތަކުގެ ތެރެއިން ގިނަ ދަނޑު ބިން ތަކުގައި މަސައްކަތް ނުކޮށް ދަނޑުބިންތައް ދޫކޮށްލާފައި ހުރުމުން، ދަނޑުބިމަށް އެދޭ ފަރާތްތަކަށް ދަނޑު ދޫކުރުމުގައި ދަތިވުމުންނާއި، ދަނޑުވެރިކަމަށް ޝައުޤުވެރިވެ ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އެދަނޑުބިންތަކުގެ ސަބަބުން ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާތީ، ދަނޑުވެރިކަމަށް ޝައުޤުވެރިވެ ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ދަނޑުވެރިކަން ކުރުމުގެ ފުރުޞަތު ތަނަވަސް ކުރުމުގެ ގޮތުން  ދޫކުރިފަހުން 1 އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާ ދަނޑުބިން ތަކުގެ ތެރެއިން ދަނޑުވެރިކަން ނުކޮށް 6 މަސްދުވަސް ފާއިތުވެފައިވާ ދަނޑުބިންތަކުގައި ދަނޑުވެރިކަން ފެށުމަށް 1 މަސްދުވަހުގެ މުއްދަތެއްދީ ދަނޑުވެރިކަމުގެ އަމަލީ މަސައްކަތް ނުފަށާ ދަނޑުބިންތައް ބާޠިލް ކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

ވީމާ، ދޫކުރިފަހުން 1 އަހަރު ދުވަސް ހަމަވެފައިވާ ދަނޑުބިންތަކުގެ ތެރެއިން ދަނޑުވެރިކަން ނުކޮށް 6 މަސް ދުވަސް ފާއިތުވެފަވާ ދަނޑުބިމުގައި ދަނޑުވެރިކަން ފެށުމަށް 15 ޖުލައި 2020 އިން ފެށިގެން 1 މަސްދުވަހުގެ މުއްދަތެއް ދެމެވެ. އަދި އިމިމުއްދަތުގައި މަސައްކަތް ނުފައްޓަވާ ދަނޑުބިންތައް  ބާޠިލް ވާނެކަންވެސް މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

24  ޛުލްޤައިދާ 1441

15   ޖުލައި  2020

15 ޖުލައި 2020
ހޯދާ