ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އޮފީސް މަރާމާތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މި ކޯޕަރޭޝަންގެ އޮފީސް އަމިއްލަތަކެތީގައި މަރާމާތުކޮށްދޭނެ ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 19 ޖުލައި 2020 ވަނަ ދުވަހުގެ 9:00 ގެ ކުރިން ތިރީގައިވާ ލިންކަށް ވަޑައިގެން ބިޑަށް ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. އަދި ތިރީގައި މި ދަންނަވާ ތާރީޚުގައި މި ކޯޕަރޭޝަނަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަފްސީލް

ތަން

ސުންގަޑި

ބިޑް ރެޖިސްޓްރޭޝަން

https://form.jotform.com/Dhiriulhun/bid-registration-form

19 ޖުލައި 2020 / 9:00 ގެ ކުރިން

ޕްރީ ބިޑް މީޓިންގ

6 ވަނަ ފަންގިފިލާ، ޕޯސްޓް އޮފީސް ބިލްޑިންގ

19 ޖުލައި 2020 / 15:00

ބިޑް ހުށަހެޅުން

8B، ހ. އޯކިޑް، އަމީރުއަހްމަދު މަގު.

21 ޖުލައި 2020 / 11:00

 

އަންދާސީ ހިސާބު ހުށަހެޅުއްވުމާ ގުޅޭ އިތުރު މައުލޫމާތު:

-        މި ބިޑުގައި ބައިވެރިވެވަޑައިގެންނެވޭނީ ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

-        ކޮވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން މައުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުއްވުމަށް ވަޑައިގެންނެވޭނީ ކޮންމެ ކުންފުންޏެއްގެ ފަރާތުން ބިޑުގައި ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތަށެވެ.

-        ކޮންމެ ފަރާތެއްވެސް ވަޑައިގަންނަވާއިރު އެބޭފުޅެއްގެ އަމިއްލަ ގަލަމާއި ނޯޓުކަރުދާސް ގެނައުމަށް އެދެމެވެ.

-        މި ބިޑުގެ މައުލޫމާތު ކަރުދާސް ރަޖިސްޓަރީ ކުރައްވާ އީމެއިލަށް ފޮނުވޭނެއެވެ.

-        ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ.

-        މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.

-        ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކު މި ކުންފުނީގެ ހެޑް އޮފީސް (8B، ހ. އޯކިޑް، އަމީރުއަޙްމަދު މަގު، ކ.މާލެ) ގައެވެ.

މި އިއުލާނާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 3313244 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

15 ޖުލައި 2020
ހޯދާ