ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ފެކަލްޓީ އޮފް އާރޓްސްއަށް ބޭނުންވާ ފޮތްތަކެއް ގަތުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާރޓްސްއަށް ބޭނުންވާ ފޮތްތަކެއް ގަންނަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
  2. ގަންނަން ބޭނުންވާ ތަކެތީގެ މިނިމަމް ރެކުއަރމަންޓް (މަޢުލޫމާތު ޝީޓް) އެޓޭޗް ކުރެވިފައިވާނެއެވެ.
  3. އަންދާސީ ހިސާބު ހުށަހަޅާނީ އީމެއިލް މެދުވެރިކޮށެވެ. އަންދާސީ ހިސާބު އީމެއިލް ކުރުމަށް ހުޅުވާލެވެނީ 2020 ޖުލައި 23 ވާ ބުރާސްފަތި ދުވަހުގެ 11:00 ން 11:10ގެ ނިޔަލަށެވެ. މި ގަޑީގެ ކުރިން ނުވަތަ ފަހުން ހުށަހަޅާ ބީލަންތަށް ބަލައި ނުގަނަވޭނެއެވެ.
  4. ބީލަން ހުށަހަޅުއްވަންވާނީ މި އިއުލާނާ އެޓޭޗް ކުރެވިފައިވާ އުޞޫލުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށެވެ. އުޞޫލުގައި ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ތަކެތި ބީލަމާއެކު ހުށަނާޅާ ފަރާތްތަކުގެ ބީލަންތައް ބާޠިލްކުރެވޭނެއެވެ.
  5. ނަންބަރު 3 ގައި ބަޔާންކޮށްފައިވާ ފަދައިން ޕްރޮޕޯސަލްގައި ބަޔާންކުރާ މައުލޫމާތާއި މައުލޫމާތު ޝީޓާ އެޓޭޗްކުރެވިފައިވާ ލިސްޓްގައިވާ ފޮތްތަކުގެ ސްޕެސިފިކޭޝަނާ ދިމާނުވާނަމަ އެފަރާތްތަކުގެ ބީލަންވެސް ބާޠިލްކުރެވޭނެއެވެ.
  6. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ. 

24 ذوالقعدة 1441

15 ޖުލައި 2020
ހޯދާ