MBA
ދިވެހިރާއްޖެ
ލެޕްޒިގް ޔުނިވަރސިޓީގެ އިންޓަރނޭޝަނަލް ކޯޗިންގ ކޯހަށް ކުރިމަތިލުމުގެ ފުރުސަތު

ޖަރމަނީގައި ހުންނަ ލެޕްޒިގް ޔުނިވަރސިޓީ އިން އިންތިޒާމްކޮށްގެން 20 ސެޕްޓެމްބަރ 2020 އިން 31 ޖަނަވަރީ 2021 އަށް އޮންލައިންކޮށް ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް ކޯޗިންގ ކޯހެއްގައި މިއެސޯސިއޭޝަނުގެ ފަރާތުން ކޯޗެއް ބައިވެރި ކުރުމުގެ ފުރުސަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އިން ވަނީ ދެއްވާފައެވެ.  

ވީމާ، މިކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 19 ޖުލައި 2020 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން އެފަރާތެއްގެ ވަނަވަރާއި ކޯހަށްއެދި ހުށައަޅާ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މިއެސޯސިއޭޝަނުގެ އީ-މެއިލް ([email protected]) އަށް ފޮނުއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއެސޯސިއޭޝަނުގެ ފޯން ނަންބަރު 3314024 އަށް ގުޅުއްވުން އެދެމެވެ. މިކޯހަށް ބައިވެރިން ހޮވުމުގައި މީގެކުރިން އިންޓަރނޭޝަނަލް ކޯޗިންގ ކޯހެއްގައި ބައިވެރިވެފައިނުވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމުގައި ދަންނަވަމެވެ.

14 ޖުލައި 2020
ހޯދާ