މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އެމްޕްލޮއިމަންޓް އެޕްރޫވަލް ގެ ދަށުން ރާއްޖެ އެތެރެވާ ބިދޭސީން ރާއްޖެ އެތެރެވުމުގެ ކުރިން ހުއްދަ ހޯދުމާ ގުޅޭ

 

އިޢުލާން

     ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުވިފައިވާ މުއްތަދުގައި ކޮންމެހެން ރާއްޖެ އަންނަން ޖެހޭ ފަރާތްތަށް ރާއްޖެ އައުމުގެ ކުރިން ޙާއްޞަ ހުއްދަ ހޯދަން ޖެހޭ ގޮތަށް ހަމަޖެހިފައިވާ އުޞޫލު މޯލްޑިވްސް އިމިގްރޭޝަންގެ ސަރކިއުލަރ ނަންބަރު 94-CB/CIR/2020/02 (14 ޖުލައި 2020) އިން 2020 ޖުލައި 15 ވަނަ ދުވަހުން ފެށިގެން ވަނީ ބާތިލް ކުރެވިފައެވެ. ވީމާ، މި ނިންމުމާއި ގުޅިގެން އެމްޕޮލޮއިމްންޓް އެޕްރޫވަލް ގެ ދަށުން ރާއްޖެ އެތެރެވުމަށް ޙާއްޞަ ހުއްދައެއް ނަގަން ޖެހުމާ ގުޅޭގޮތުން މި މިނިސްޓްރީ އިން ކޮށްފައިވާ ނަންބަރު ,IUL)101-LES/1/2020/72) ,( މާރިޗް 21 2020) އިޢުލާން ގައިވާ ޙާއްޞަ ހުއްދަ މިއަދުން ފެށިގެން ހޯދަން ނުޖެހޭނެ ކަމުގައި ދަންނަވާ މިކަން އާއްމުކޮށް އަންގައި އިޢުލާން ކުރަމެވެ.

14 ޖުލައި 2020
ހޯދާ