އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ކޮމިޝަނަށް ހާޞިރުވެ ޚިދުމަތް ހޯދުމަށް ޢާއްމުކޮށް ހުޅުވާލުމާގުޅޭ

ނަންބަރު: IUL)38-AA/38/2020/14)

އިޢުލާނު

     14 ޖުލައި 2020 އިން ފެށިގެން ޢާންމު ފަރާތްތަކުން ކޮމިޝަނަށް ހާޞިރުވެ ޚިދުމަތް ހޯދުމަށް ޢާއްމުކޮށް ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ. ނަމަވެސް، ކޯވިޑް-19ގެ ނުރައްކަލާ ގުޅިގެން ޢާއްމު ސިއްޙަތު ރައްކާތެރިކަމަށްޓަކައި މިކޮމިޝަނުން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ކޮމިޝަނުގެ އެތެރެއަށް ވަދެވޭނީ ގިނަވެގެން އެއްފަހަރާ 08 ބޭފުޅުންނަށެވެ. މިގޮތުން ކޮމިޝަނުގެ އެތެރެއަށް ވަދެވޭނީ މާސްކް އަޅުއްވައިގެން ކަންވެސް ދަންނަވަމެވެ.

     އަދި ދަންނަވަމެވެ، މިކޮމިޝަން ހުޅުވިފައި ހުންނާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 14:00އަށެވެ. މީގެއިތުރުން ކޮމިޝަނުގެ ޢާންމު ޚިދުމަތްތައް ކޮމިޝަންގެ އީ-މެއިލް އަދި އީ-ގަވަރމެންޓް (ޖެމްސް) [email protected] މެދުވެރިކޮށްވެސް ލިބިވަޑައިގަންނަވާނެ ވާހަކަ ދަންނަވަމެވެ.

     ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.

23 ޛުލްޤައިދާ 1441

 

 

 

14 ޖުލައި 2020
ހޯދާ