ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިފަރު ފުޓްބޯޅަ ދަނޑުގައި ޖަހަންފަށާފައިވާ ފެންސްގެ މަސައްކަތް ފުރިހަމަކުރުން

ނައިފަރު ފުޓްބޯޅަ ދަނޑުގައި ޖަހަން ފަށާފައިވާ ފެންސްގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮންޓްރެކްޓް އުޞޫލުން ފުރިހަމަކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކޮންޓްރެކްޓާއިމެދު ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ނައިފަރު ކައުންސިލް އިދާރާގެ އެކޮނަމިކް ޑިވެލޮޕްމެންޓް އެންޑް ސޯޝަލް ސަރވިސް ޔުނިޓުގެ ނަންބަރަށް ގުޅުއްވާ ނުވަތަ އީމެއިލް ކުރައްވާ ބިޑް ހޯއްދެވުން އެދެމެވެ.

ބިޑް ޑޮކިޔުމެންޓްސް ދޫކުރެވޭނީ ސޮފްޓްކޮޕީ ފޯމެޓްގައެވެ. ބިޑް ޑޮކިޔުމެންޓްސް ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން 6620168 ށް ނުވަތަ 6620340 ށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected]ށް އީމެއިލްކުރެއްވުން އެދެމެވެ.

މިމަސައްކަތް ކޮށްދިނުމަށް އެންމެ ފަރާތަކުން ބިޑް ހުށަހެޅި ކަމުގައި ވިޔަސް ހުށަހެޅުން އެކަށީގެންވާނަމަ އެފަރާތާއި މަސައްކަތްކުރުމަށް ހަވާލުކުރެވޭނެއެވެ.

ބިޑް ޑޮކިޔުމެންޓްސް ދޫކުރުން

14 ޖުލައި 2020 ން ފެށިގެން 20 ޖުލައި 2020 ވަނަ ދުވަހާއި ހަމައަށް ރަސްމީ ބަންދު ނޫން ދުވަސްތަކު ހެދުނު 08:30 ން ފެށިގެން މެންދުރު 14:00 އާއި ހަމައަށް ނައިފަރު ކައުންސިލް އިދާރާއިން އީމެއިލް މެދުވެރިކޮށް.

 

ޕްރީބިޑް މީޓިންގ

ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ. ބިޑާއި ގުޅޭ މަޢުލޫމާތުތައް ޕްރީބިޑް ކަރުދާހުގައި ހިމެނޭނެއެވެ. އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވެލައްވާނަމަ 6620168 ށް ގުޅުއްވުން އެދެމެވެ.

 

ބިޑް އޯޕަން މީޓިންގ

23 ޖުލައި 2020 (ބުރާސްފަތި) – 13:00 ގައި ނައިފަރު ކައުންސިލްގެ އިދާރާގައި (މަލްޓިޕާރޕަސް ބިލްޑންގގައި)

ބިޑް ހުށަހަޅަން ޙާޟިރުވެލައްވާއިރު މާސްކް އަޅައިގެން ޙާޟިރުވުން އެދެމެވެ.

 

14 ޖުލައި 2020
ހޯދާ