ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ސާފުކުރުން

އަލަށް ދޫކުރާ ގޯތިތަކުގެ މަގުތަކަށް އަރާފައިވާ ރުއްގަސް ކަނޑަން ޖެހޭތީ، އެރުއްގަހުގެ ވެރިން ސާފު ކުރުމަށް ވަނީ ބޭނުން ވެފައެވެ. އެރުއްގަހުގައި ފެހިކުލައިގެ ދަވާދުން ރަސްގެ ޖަހައި އަދި  1 ން 40 އަށް ނަމްބަރެއް ޖަހާފައި ހުންނާނެއެވެ.

 ވީމާ އެރުއްގަހުގެ ވެރިން، އެރުއްގަހުގައި މިއިދާރާއިން ޖަހާފައި ހުރި ނަމްބަރު މިއިދާރާއަށް ދުރުވެ ނޯޓު ކުރުމަށް ދެންނެވީމެވެ. 19 ޖުލައި 2020 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ވެރިޔަކު ނުވެ ހުންނަ ރުއްގަސް ގާނޫނު ނަމްބަރ 05/92 ( މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ރުއް ގަހާ ބެހޭ ގާނޫނު ) ގައިވާ ގޮތުގެ މަތިން ކަނޑާ ލެވޭނެއެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

13 ޖުލައި 2020
ހޯދާ