ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރެހިބިލިޓޭޝަން ސެންޓަރު (ގދ. ތިނަދޫ) ގެ ދީނީ ފެސިލިޓޭޓަރ (ކޮންޓްރެކްޓް)

މަޤާމް :ދީނީ ފެސިލިޓޭޓާރ (ކޮންޓްރެެކްޓް)
ބޭނުންވާ އަދަދު :1

މަޤާމް:

ދީނީ ފެސިލިޓޭޓަރ (ކޮންޓްރެކްޓް އުސޫލުން 1 އަހަރަށް)

ބޭނުންވާ ޢަދަދު:

1 (އެކެއް)

 

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ (ގދ. ތިނަދޫ)

ތަޢުލީމާއި ތަޖުރިބާ

  1. މަގާމުގެމަސައްކަތްކުރުމުގެހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން އެމް.އެސް 1 ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ
  3. މަގާމުގެމަސައްކަތްކުރުމުގެހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކުހެއް ލިބިފައިވާ މީހެއްކަމުގައިވުން.

މުސާރަ

ކްލާސް ހިންގާ ގަޑިއިރަކަށް އަމިއްލަ މެޓީރިއަލްގައި ފެސިލިޓޭޓްކުރާ ފަރާތްތަކަށް -/250 (ދުއިސައްތަ ފަންސާސް) ރުފިޔާގެ ރޭޓުން، މިއެޖެންސީން މެޓީރިއަލްސް ހަމަޖައްސައިދިނުމުން ފެސިލިޓޭޓްކުރާ ފަރާތްތަކަށް -/150 (ސަތޭކަ ފަންސާސް) ރުފިޔާގެ ރޭޓުން އުޖޫރަ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް

  1. އިސްލާމް ދީނުގެ ރުކުންތަކުގެ މުޙިންމުކަން
  2. އިސްލާމީ ޝަރީޢާތް
  3. އަޅުކަންކުރުމާއި ޒިކުރު ކުރުން
  4. އިސްލާމްކަމާއި އީމާންކަން / އިސްލާމްދީނުގެ ލުއި ފަސޭހަކަން
  5. އިސްލާމީ ނަޒަރަކުން ޑްރަގް އެޑިކްޝަން
  6. އިސްލާމީ ނަޒަރަކުން ކުރޭވިންގ މެނޭޖްމަންޓް
  7. ތަޢުބާވުމާއި މާފްކުރުން
  8. ޢާއިލާގެ ޒިންމާ (މައިންބަފައިން، ދަރިން، ފިރިމީހާ، އަނބިމީހާގެ ޒިންމާ)

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މި މަޤާމަށް އެދި ހުށަހަޅާ ސިޓީ
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސަނަދެއްނަމަ އެކްރެޑިޓް ކޮށްފައިވާ)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  5. ވަޒީފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  6. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް

މުއްދަތު ހަމަވާ ތާރީޚް އަދި ސިޓީ ހުށަހަޅާނެގޮތް

2020 ޖުލައި 22 ވާ ބުދަ ދުވަހުގެ 13:00 މި މަޤާމަށް ކުރިމަތިލެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ސިޓީ ހުށަހަޅުއްވާނީ ގދ. ތިނަދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރަށެވެ. ނުވަތަ ނޭޝަނަލް ޑްރަގް އޭޖެންސީ (ގ. ގްރީންގެ، އަލިކިލެގެފާނު މަގު)

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3039016 އެވެ.

 

 

 

 

14 ޖުލައި 2020
ހޯދާ