ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގެ ޖެނެޓިކް ލެބްއަށް ބޭނުންވާ ތަކެތި ގަންނަން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- ދިިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގެ ޖެނެޓިކް ލެބްއަށް ބޭނުންވާ ތަކެތި ގަތުމށް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
- ގަންނަން ބޭނުންވާ ތަކެތީގެ މިނިމަމް ރެކުއަރމަންޓް މި ކަރުދާހާ އެޓޭޗް ކުރެވިފައިވާނެއެވެ.
- މި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ޓެކްނިކަލް އިވެލުއޭޝަނެއް ހެދުމަށްފަހު އޭގެތެރެއިން އެންމެ ރަނގަޅު ފަރާތަކަށެވެ.
- މިބީލަމަކީ ޑެލިވަރީކުރުމަށް ކަނޑައަޅާފައިވާ ބީލަމަކަށް ވާތީ، މި ބީލަމުގައި ޕޮއިންޓް ދިނުމުގައި މުއްދަތަކަށް ޕޮއިންޓެއް ނުދޭނެއެވެ. އައިޓަމް ޑެލިވަރކޮށް ހަރުކުރުމަށް އެންމެ ގިނަވެގެން ދެވޭނެ މުއްދަތު ނަންބަރު 05 ގައި ބަޔާންކޮށްފައިއެވަނީއެވެ.
- އައިޓަމްތައް ޑެލިވަރކުރުމަށްް ދެވޭނެ އެންމެ ދިގު މުއްދަތަކީ ބީލަން އެވޯޑް ކުރާ ދުވަހުން ފެށިގެން 60 ދުވަހެވެ. މި މުއްދަތު އިތުރު ނުކުރެވޭނެއެވެ. 60 ދުވަސް ގުނާނީ ހުކުރުދުވަހާއި އަދި ބަންދު ދުވަސްތައްވެސް ހިމަނައިގެންނެވެ.
- ހުށަހަޅާ ބީލަން/ކޯޓޭޝަންގެ ވެލިޑިޓީއަށް މަދުވެގެން 60 ދުވަސް ދޭންވާނެއެވެ.
- އަންދާސީ ހިސާބު އީމެއިލް ކުރުމަށް ހުޅުވާލެވެނީ 2020 ޖުލައި 21 ވާ އަންގާރަ ދުވަހުގެ 11:00 ން 21 ވާ އަންގާރަ ދުވަހުގެ 11:10 ށެވެ. މި ގަޑީގެ ކުރިން ނުވަތަ ފަހުން ހުށަހަޅާ ބީލަންތަށް ބަލައި ނުގަނަވޭނެއެވެ.
- ބީލަން ހުށަހަޅުއްވަންވާނީ މި އިއުލާނާ އެޓޭޗް ކުރެވިފައިވާ އުޞޫލުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށެވެ. އުޞޫލުގައި ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ތަކެތި ބީލަމާއެކު ހުށަނާޅާ ފަރާތްތަކުގެ ބީލަންތައް ބާޠިލްކުރެވޭނެއެވެ.
- މީގެ އިތުރުން ނަންބަރު 2 ގައި ބަޔާންކޮށްފައިވާ ފަދައިން ޕްރޮޕޯސަލްގައި ބަޔާންކުރަންޖެހޭ މައުލޫމާތާއި މި އިއުލާނުގައިވާ މިނިމަމް ސްޕެސިފިކޭޝަނާ ދިމާނުވާނަމަ އެފަރާތްތަކުގެ ބީލަންވެސް ބާޠިލްކުރެވޭނެއެވެ.
10. ބީލަމާ ގުޅޭ އެންމެހައި ކަންކަމުގައި ޢަމަލުކުރެވޭނެ އުޞޫލު މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އެޓޭޗް ކުރެވިފައިވާ ލިޔުންތައް ފުރުމަށްފަހު ބީލަމާ އެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.
ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް، ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ ފޯން: 3345109، 3345111 އީ-މެއިލް: [email protected] |
ސްޕެސިފިކޭޝަނާ ގުޅޭ މައުލޫމާތު ނަމަ؛ ސްކޫލް އޮފް މެޑިސިންގ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ހަނދުވަރީހިނގުން މާލެ، ދިވެހިރާއްޖެ ފޯން: 3346598، އީ-މެއިލް: [email protected] |
13 ޖުލައި 2020
13 ޖުލައި 2020
ހޯދާ