މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީގެ ފެރީ ނިޒާމުގައި ޒޯން 3 ގައި ބޭނުންކުރުމަށް ފެރީ ކުއްޔަށްދޭނެ ފަރާތެއް ހޯދުން

            އެމްޓީސީސީގެ އާންމު ފެރީ ނިޒާމްގައި ޒޯން 3 ގެ ކާށިދޫ – މާލެ، ގާފަރު ރޫޓުގައި ބޭނުންކުރުމަށް ފެރީއުޅަނދު ކުއްޔަށްހިފުމަށް  ކުރެވުނު ނަންބަރު MTCC-PD/IU/2020/0011 ( 14 ޖަނަވަރީ 2020 ) އިޢުލާން ބާޠިލްކޮށް މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅާލުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

      ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 ޖުލައި 2020 ވަނަ ދުވަހުގެ 10:00 އަށް، ޒޮނެއިރިޔާ ބިލްޑިންގ 3 ވަނަ ފަންގިފިލާ (މީޓިން ރޫމް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 28 ޖުލައި  2020 ވަނަ ދުވަހުގެ 10:00 އަށް ޒޮނެއިރިޔާ ބިލަޑިން 3 ވަނަ ފަންގިފިލާ (ޓްރެއިނިން ރޫމް) އަށް، ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.

13 ޖުލައި 2020
ހޯދާ