މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު: އެސިސްޓެންޓް އިކޮނޮމިކް ޑިވަލޮޕްމަންޓް އޮފިސަރ

މަޤާމުގެ ނަންބަރު: -

ބޭނުންވާ އަދަދު: 01

މަޤާމުގެ މުއްދަތު: 26 ޑިސެމްބަރ 2020 ގެ ނިޔަލަށް

މަޤާމުގެ ގިންތި: ވަގުތީ

މަޤާމުގެ ރޭންކް: ޖީ އެސް 3

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން: މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ

މުސާރަ: މަހަކު 4465/- ރުފިޔާ

ސާރވިސް އެލަވަންސް: މަހަކު 1500/-  ރުފިޔާ

އެހެނިހެން އެލަވަންސް:

1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭވޭ ޕެންޝަން ކޮންޓްރިބިއުޝަން

2. ސިވްލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

3. ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/700 ރުފިޔާ

4. ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

މަޤާމުގެ މައިގަނޑު  މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1. ހަމަޖެހިފައިވާ އުސޫލާއި އެއްގޮތްވާގޮތުގެމަތިން މިއިދާރާ ހުޅުވާލައްޕަންޖެހޭ ހާލަތްތަކުގައި އެކަންކުރުން

2. އުފަންދުވަހުގެ ރަޖިސްޓްރީ، ސެޓްފިކެޓް ހަދައިދިނުމާއި ޙަވާލުކުރަންޖެހޭ ފަރާތްތަކަށް ޙަވާލުކޮށް ނަކަލު ބެލެހެއްޓުން

3. މީހުން ދިރިއުޅޭގޭގޭގެ ރަޖިސްޓްރީއެއްހަދާ ބެލެހެއްޓުމާއެކު ގޭގޭގެ މީހުންގެ ރަޖިސްޓްރީއެއްހަދާ އެކަމާބެހޭ އެއްމެހާކަންތައް ބެލެހެއްޓުން.   )އުފަންވުން، މަރުވުން، އުނިއިތުރު ގެނައުން ފަދަ ކަންކަމާއި  މިކަމާގުޅޭގޮތުން ހަދައިދޭންޖެހޭ ސެޓްފިކެޓް، ލިޔުން ފަދަ ތަކެތި ޤަވާޢިދުން ހަދާ ފޮނުވުން( 

4. ރައްވެހިންގެ ރަޖިސްޓްރީ ހަދާ ގޭގެގެ ވެރިފަރާތާއި ޙަވާލުކުރުން ރެކޯޑް ބެލެހެއްޓުން

5. ދިވެހިރައިއްޔަތެއްކަން އަންގައިދޭ ކާޑު ހެދުމާއިބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމާއި ކަމާބެހޭ ފަރާތަށް ފޮނުވުން އަދި މަޢުލޫމާތުފޮނުވޭ ކާޑުތައް މަދުވެގެން ހަފުތާއަކު އެއްފަހަރު ގެނަސް ވެރިފަރާތާއި ޙަވާލުކުރުން

6. މީހުންގެ ނަން ބަދަލުކުރުމާއިބެހޭ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން

7. ރަށުގައި ދިރިއުޅޭ ފަރާތްތަކުގެތެރެއިން ރަށުގައި ދިރިއުޅޭކަމުގެ ލިއުން، ހޯދަންއެދޭފަރާތްތަކަށް އެލިއުންދޫކުން

8. ރަށުގެ ރައްވެހިންކަމުގައިނުހިމެނި ރަށުގައިވަޒަންވެރިވެ ދިރިއުޅޭމީހުންގެ ރަޖިސްޓްރީ (ދަފުތަރު)  ހަދާ ބެލެހެއްޓުން

9. މުއައްޟަފުގެ މަސައްކަތާއިގުޅިގެން ސެކުޝަންހެޑް އެވަގުތަކު ހަވަލުކުރާ މަސައްކަތެއް ކުރުން 

10. ވަޒީފާބަޔާނުން ލާޒިމު ކޮށްފައިވާ ކަންތައްކަތާބެހޭގޮތުން ފޮނުވަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން

11. މުއައްޟަފުގެ މަސައްކަތާއިގުޅިގެން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ތަކެތިފޮނުވުމާއި ޙަވާލުކުރުން

12. ރަށުގެ އާބާދީގައިހިމެނޭ މީހުންގެ ތެރެއިން އުމުރުން 18 އަހަރުން ދަށުގެ އަދި 65 އަހަރުން މަތީހެ މީހުންގެ މަޢުލޫމަތު ފަސޭހަކަމާއިއެކު ލިބޭނެގޮތަށް ބެލެހެއްޓުން   

31. ރަށުގެ އާބާދީގައިހިމެނޭ މީހުންގެ ތެރެއިން، ކުރިއަށްއޮތްއަހަރު އުމުރުން 65 އަހަރު ފުރޭމީހުންގެ ރަޖިސްޓްރީ އެއް ތައްޔާރުކޮށް މުސްކުޅިކުރެވޭމީހުންގެ ޢިނާޔަތްތައް ހިންގާބަލަހައްޓާ ސެކުސަނަށް ހިނގަމުންދާ އަހަރުގެ  ޑިސެމްބަރު 31 ގެ ކުރިން ދިނުން 

41. މީހުން ދިރިއުޅޭގޭގޭގެ ރަޖިސްޓްރީއާއި ދިރިއުޅުމަށްދޫކޮށް ދިރިއުޅެންނުފަށާހުރި ގޯތިތަކުގެ އިތުރުން އެގުރިމެންޓެއްގެ ދަށުންނޫންގޮތަށް ދޫކުރެވިފައިވާ ބިންތަކުގެ ރަޖިސްޓްރީއެއްހަދާ ބެލެހެއްޓުން

15. ދިވެހިރާއްޖޭގެ ޤާނޫނާއެއްގޮތްވާގޮތުގެމަތީން ފިހާރަތަކާއި ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓް ތަކާއި    ޢާއްމުމާރުކޭޓްތައް ހިންގުމުގެ ހުއްދަ ޤަވަޢިދާ އެއްގޮތަށްދިނުމާއި ބާޠިލުކުރަންޖެހޭ ޙާލަތްތަކުގައި ހުއްދަބާޠިލުކުރުން އަދި އެތަންތަނުގެ އެއްމެހާކަންތައް ޤަވަޢިދާ އެއްގޮތަށްހުރޭތޯބަލާ ފިޔަވަޅު އަޅަންޖެހޭ ހާލަތްތަލުގައި ޔުނިޓް ހެޑަށް ރިޕޯރޓް ކުރުން 

16.ބިދޭސީންނާއި ބެހޭ އެއްމެހާ މަސައްކަތް ކުރުން 

- ބިދޭސީންގެ ދަފްތަރު އެކުލަވާލުމާއި އަންނަ ބަދަލު ބެލެހެއްޓުން

- މިނިސްޓްރީއޮފް އިކޮނޮމިކް ޑިވަލަޕްމަންޓުން އަންގާ ގޮތެއްގެމަތީން ބިދޭސީންގެ ޕޯޓަލް އަޕްޑޭޓްކޮށް ބެލެހެއްޓުން 

17. ވަޒީފާ ބަޔާނުން ލާޒިމުކުރާ  އެއްމެހާކަންތައްތައް ތަރައްޤީކޮށް ރޭވުމާއި، ހިންގުމާއި، ބެލެހެއްޓުމުގެ އިތުރުން އެހީތެރިވެދިނުން

18. މީގެއިތުރުން ކައުންސިލްއިދާރާގެ މަސައްކަތާއިގުޅޭގޮތުން އިދާރާގެ ވެރިން އަންގާ ކަންތައްތައްކުރުން

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު(މި ފޯމް ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ  ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓުފިކެޓް، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓް ؛ ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިއުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު  ސެޓުފިކެޓުތަކުގެ ކޮޕީ.6

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ

8. މަސައްކަތުގެ ތަޖުރިބާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސާރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ނުންފުންޏެއްގައި  ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު(އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިއުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތުތައް(އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީބަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް  ޗެކް ފޯމް.

(ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު(އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީގާ އަދާކޮށްފައިވީނަމަވެސް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމަހާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް)ވަކިވަކިން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާއަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. މަޤާމްގެ މަސައްކަތާ ގުޅޭ ދާއިރާއިން ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 ޖުލައި 2020 ގެ 13:30 ގެ ކުރިން، މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް:[email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި ޢިއުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް  ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 22 ޖުލައި 2020 އާއި 26 ޖުލައި 2020 އާ ދެމެދު މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާގައެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ސީޓް (A2 ފޯމް) އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަސް ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް A2) ފޯމް)" އާންމުކޮށް ފެންނާނެހެން ކ.ކާށިދޫ  ކައުންސިލް އިދާރާއިން  އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެޝަކުވާއެއް  މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢޫލޫމާތު ސާފުކުރުމަށް ގުޅާނީ، 6645377 އަށެވެ. އީ-މެއިލް ކުރާނީ،  [email protected]  އަށެވެ.

ސިވިލް ސާރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެއުޞޫލުތަކާއި ގުޅުންހުރި އެންމެހާ ލިއުންތައް ސިވިލް ސާރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

21 ޒުލްޤައިދާ 1441

 12 ޖުލައި 2020

12 ޖުލައި 2020
ހޯދާ