ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުގެ ލައިސަންސް ދޫކުރުމަށް އެގްޒަމިނަރުން ހޯދުން.

އިޢުލާންް

 

އެއްގަމުގެ ލައިސަންސް ދޫކުރުމަށް  އެގްޒަމިނަރުން ހޯދުން.

 

       މިއިދާރާއިން އެއްގަމުގެ ލައިސަންސް ދޫކުރުމަށް ޓެސްޓްދިނުމަށްޓަކައި އަންހެން އެގްޒަމިނަރަކާއި، ފިރިހެން އެގްޒަމިނަރއަކު ހޯދަން ބޭނުންވެއްޖެއެވެ.

 

މަޤާމު :         އެއްގަމުގެ ލައިސަންސް ދޫކުރުމުގެ އެގްޒަމިނަރ

ބޭނުންވާ ޢަދަދު : 02 ( ދޭއް ) ( އަންހެން އެގްޒަމިނަރަކާއި، ފިރިހެން އެގްޒަމިނަރއެއް )

އުޖޫރަ :        ދުއްވާ ކޮންމެ ވެހިކަލުގެ ޓެސްޓަކަށް  30.00 ރުފިޔާ

 

  ޝަރުތު

1-            އެއްވެސް ޑްރައިވިންގ ސްކޫލެއް ހިންގާ ނުވަތަ އެފަދަ ސްކޫލަކާއި ބައިވެރިވެފައިވާ ފަރާތަކަށް ނުވުން.

2-            ފާއިތުވީ 05 (ފަސް) އަހަރު ދުވަހުގެ ތެރޭގައި މަގުމަތީގެ ޓްރެފިކް ޤަވާޢިދާއި ޚިލާފްވުމުގެ އެއްވެސް ރެކޯޑެއް މޯލްޑިވްސް ޕޮލިސް ސަރވިސަސްގައި އޮތް ފަރާތެއް ކަމުގައިނުވުން. ( ވޭތުވެދިޔަ 05 އަހަރު ދުވަހުގެ ޕޮލިސް ރިޕޯޓް)

3-            ޓްރާންސްޕޯޓް އޮތޯރިޓީ ނުވަތަ އެ އޮތޯރިޓީ މަސައްކަތް ހިންގާ އިދާރާއެއްގައި ވަޒީފާއަދާކުރާ ފަރާތެއް ކަމުގައި ނުވުން.

4-            އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ދާއިމީ ލައިސަންސް އޮތުން.

 

              ވީމާ، މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުން އެފަރާތަކަށް ލިބިފައިވާ އެއްގަމު ލައިސަންސްގެ ކެޓަގަރީތައް އެގިވަޑައިގަންނަވާނެ ލިޔުންތަކާއި، އެފަރާތުގެ އައި ޑީ ކާޑުގެ ފޮޓޯކޮޕީއާއި، ވޭތުވެދިޔަ 05 އަހަރުދުވަހުގެ ޕޮލިސް ރިޕޯޓް، 16 ޖުލައި 2020 ވަނަ ދުވަހުގެ އޮފީސްބަންދުވުމުގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެގްޒަމިނަރުންގެ ގޮތުގައި ހަމަޖައްސާނީ އަންހެނުންގެ ތެރެއިން އެންމެގިނަ ކެޓަގަރީތައް ލިބިފައިވާ ފަރާތަކާއި، ފިރިހެނުންގެ ތެރެއިން އެންމެގިނަ ކެޓަގަރީތައް ލިބިފައިވާ ފަރާތެކެވެ.

                  18 ޛުލްޤައިދާ 1441

                  09 ޖުލައި 2020

09 ޖޫން 2019
ހޯދާ