މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުންފުނި އުވާލުން

ނޫސް ބަޔާން

 

ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުންފުނި އުވާލުން

 

ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުންފުނި އުވާލުމުގައި އަމަލުކުރަންޖެހޭ ގޮތް ބަޔާންކުރާ ގަވާއިދު ނަންބަރު 2019/R-1034  (ކުންފުނި އުވައިލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅައި އުވައިލުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ 2 ވަނަ މާއްދާގެ ދަށުން، އަހަރީ ފީ ދައްކާފައިނުވާ ކުންފުނިތައް ކަނޑައަޅައި، 1979 އިން 2018 ގެ ނިޔަލަށް ޖުމްލަ 6050 ކުންފުންޏެއް ރެކޯޑުކުރެވި، އެއިން ކުންފުންޏެއް ހިންގަން ބޭނުންވާނަމަ، އެކުންފުންޏަކުން ފުރިހަމަކުރަންޖެހޭ އެންމެހާ އިލްތިޒާމްތައް ފުރިހަމަކުރުމަށްފަހު، މިނިސްޓްރީއަށް އެންގެވުމަށް އެދި، 20 ޖޫން 2019 އިން 3 ޑިސެމްބަރ 2019 އާ ދެމެދު އިޢުލާނުކޮށްފައިވާނެއެވެ. އަދި، އިސްވެ ދެންނެވުނު 6050 ކުންފުނީގެ ތެރެއިން، އެއްވެސް ކުންފުންޏެއްގެ މައްޗައް، އެއްވެސް ދަރަންޏެއް ނުވަތަ ދަޢުވާއެއް އޮތްނަމަ، ނުވަތަ އެއިން އެއްވެސް ކުންފުންޏަކުން، އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް ނުވަތަ އެއިން އެއްވެސް ކުންފުންޏެއްގެ މައްޗަށް އެއްވެސް ފަރާތަކުން ހުށަހަޅާ ދަޢުވާއެއް އޮތްނަމަ، ކަމާގުޅޭ ތަފްޞީލު، މިނިސްޓްރީއަށް ފޮނުވުމަށް މުޙުލަތުތަކެއް ދެވިފައިވާނެއެވެ. މިގޮތުން، މިނިސްޓްރީން ކުރި އިޢުލާނުތަކާއި ގުޅިގެން، ޖުމްލަ 111 ކުންފުންޏެއް ހިންގުމަށް ބޭނުންވާކަމަށް އެ ކުންފުނިތަކުން އަންގާފައިވެއެވެ.

 

މީގެ އިތުރުން، މިނިސްޓްރީން ކުރި އިޢުލާނުތަކާ ގުޅިގެން 1017 ކުންފުންޏަކާގުޅޭ އެކި މައްސަލަތައް މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ. މިގޮތުން، ބިދޭސީން ރާއްޖެއަށް ގެނައުމަށްފަހު ފުރިހަމަކުރަންޖެހޭ އިލްތިޒާމްތައް ފުރިހަމަކޮށްފައި ނެތް ކުންފުނިތަކާއި، އެއްގަމުގައި ދުއްވާ އުޅަނދާއި ކަނޑުގައި ދުއްވާ އުޅަނދާ ގުޅޭ މައްސަލަތައް ހުރި ކުންފުނިތަކާއި، އެކި ޚިދުމަތްތަކަށް ފައިސާ ނުދައްކާ ކުންފުނިތަކާއި ޝަރުޢީ ކޯޓެއްގައި މައްސަލައެއް ބަލަމުންދާ ކުންފުނިތައް ހިމެނެއެވެ. އެފަދަ ކުންފުނިތައް އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، ކުންފުންޏާބެހޭ ޤާނޫނުގެ 75 ވަނަ މާއްދާގެ (ށ) (3) ގައިވާ ގޮތުގެ މަތިން، ކަމާބެހޭ މައްސަލަތައް ކޯޓަށް ހުށަހަޅައިގެންނެވެ.

 

މި މިނިސްޓްރީން ކުރި އިޢުލާނުތަކާ ގުޅިގެން، އުވާލުމަށް ރެކޯޑުކުރެވިފައިވާ 6050 ކުންފުނީގެ ތެރެއިން 4924 ކުންފުނި އުވާލުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުމަށްފަހު، އުވާލިކަން އަންގައި، މި މިނިސްޓްރީގެ އިޢުލާނު ނަންބަރު IUL)101-BR/1/2020/106) މެދުވެރިކޮށް، 9 ޖުލައި 2020 ގައި އުވާލި ކުންފުނިތަކުގެ ނަން ޢާންމުކޮށް ޝާއިއުކުރެވިފައިވާނެއެވެ. އަދި، މިގޮތުން އުވާލާފައިވާ ކުންފުންޏަކާބެހޭ މަޢުލޫމާތު އޮޅުންފިލުވުމަށް ބޭނުންނަމަ،[email protected]  އަށް އީމެއިލްކުރުމަށްވެސް އަންގާފައިވާނެވެ.

09 ޖުލައި 2020
ހޯދާ