މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުންފުނި އުވާލުން

އިޢުލާން

ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުންފުނި އުވާލުން

            ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުންފުނި އުވާލުމުގައި ޢަމަލުކުރާ ގޮތް ބަޔާންކުރާ ގަވާއިދު ނަންބަރު 2019/R-1034  (ކުންފުނި އުވައިލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅައި އުވައިލުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު) ގައިވާ ކަންކަން ފުރިހަމަކުރުމަށްފަހު، 4924 ކުންފުނި އުވާލައި، އެކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

           އުވާލާފައިވާ ކުންފުނިތަކުގެ ލިސްޓު މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv ގައި ޝާއިއުކޮށްފައިވާނެއެވެ.

           މި އިޢުލާނާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުނަމަ، މިނިސްޓްރީގެ އީމެއިލް އެޑްރެސް[email protected]  އަށް ފޮނުވުމަށް ދެންނެވީމެވެ.

09 ޖުލައި 2020
ހޯދާ