ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 13 ޖުލައި 2020 14:25 ގައި ބާތިލް ކުރެވިފައެވެ.


ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

 

ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ތިރީގައި ބަޔާންކުރެވިފައިވާ ފަރުނީޗަރު ހޯދުމަށް ބޭނުންވާތީ، އެކަމަށް ޝައުޤުވެރިކަންހުރި ފަރާތްތަކަށް ފަރުނީޗަރު ސަޕްލައިކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

އަދަދު

ތަފްޞީލް

8

ވޯކް ސްޓޭޝަން

1

އެގްޒެކެޓިވް މޭޒު

 

ވީމާ, މިތަކެތި ސަޕްލައިކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން, 16 ޖުލައި 2020 ގެ 10:00 އަށް ބާ ކައުންސިލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތާބެހޭ އިތުރު ތަފްޞީލާއި މި މަސައްކަތް ކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކުރެވިފައިވާ މަޢުލޫމާތު ޝީޓާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމު މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް 13 ޖުލައި 2020ގެ 10:00ގެ ކުރިން އީމެއިލްކުރެއްވުން އެދެމެވެ.

ނޯޓް: ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ އެވެ. އަދި  މި ތަކެއްޗައް އަގު ހުށަހަޅުއްވާއިރު މަޢުލޫމާތު ޝީޓުގައިވާ މަޢުލޫމާތު ފުރިހަމަ ނުވާ ފަރާތްތައް ބާޠިލް ކުރެވޭނެވާހަކަވެސް ދެންނެވީމެވެ.

           18 ޛުލްޤަޢިދާ 1441

09 ޖުލައި 2020
ހޯދާ