މޯލްޑިވްސް ސެންޓަރ ފޮރ އިސްލަމިކް ފައިނޭންސް ލިމިޓެޑް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް މެނޭޖަރ (މެނޭޖަރ ގރޑ 1)

ވަޒީފާގެ ފުރުޞަތު

 

އިޢުލާން ނަންބަރ: IUL)MCIF/1/2020/02)

 

މި ކުންފުނީގެ ހުސްވެފައިވާ އެޑްމިނިސްޓްރޭޓިވް މެނޭޖަރ މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

މަޤާމް        : އެޑްމިނިސްޓްރޭޓިވް މެނޭޖަރ (މެނޭޖަރ ގްރޭޑް 1)

ބޭނުންވާ އަދަދު  : 1 (އެކެއް)

 

މުސާރަ: -/14,850ރ

އެލަވަންސް: -/3,713ރ

ޖުމްލަ މުސާރަ: -/18,563ރ

 

މަޤާމުގެ މަސްޢޫލިއްޔަތުތައް:

  1. އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ހިންގާ ބެލެހެއްޓުން؛
  2. ހިއުމަންރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން އާއި ގުޅޭ ޤަވާއިދުތަކާއި ސިޔާސަތުތަކާއި ގުޅޭގޮތުން މެނޭޖްމަންޓަށް ލަފާދިނުމާއި ތަންފީޒުކުރުމުގައި އެހީތެރިވެދިނުން؛
  3. މުވައްޒަފުންގެ މުސާރައާއި އިނާޔަތުގެ އޮނިގަނޑު ޤާއިމުކުރުމާއި ހިންގާ ބެލެހެއްޓުން؛
  4. ކުންފުނީގެ މަސައްކަތްތައް ހިނގަމުންދަނީ ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތަށްތޯބަލައި އިސްލާހުކުރަންހުރި ކަންތައްތަކާއި ބެހޭގޮތުން މެނޭޖްމަންޓަށް ލަފާދިނުން؛
  5. ކުންފުނިން ހުސްވާ މަޤާމުތަކަށް މުވައްޒަފުން ވެއްދުމުގެ އެންމެހައި ކަމެއް ކުރުން؛
  6. މީގެއިތުރުންވެސް ކުންފުނީގެ އިދާރީ އެހެނިހެން މަސައްކަތްތައް ކުރުން؛
  1. ކުންފުނީގެ މަސައްކަތްތަކައް ބޭނުންވާނެ ތަކެތި ހޯދުމުގެ އިދާރީ އެންމެހާ މަސައްކަތް ކުރުމާއި އެތަކެތި ލިބުމުން ސްޓޮކަށް ވެއްދުން؛

 

މަޤާމުގެ ޝަރުތު:

  1. ގުޅޭ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވުމާއެކު މި ދާއިރާއާއި ގުޅޭ 5 (ފަސް) އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛
  2. ދިވެހި އަދި އިނގިރޭސި ބަހުން ފަސޭހަކަމާއި އެކު މުޢާމަލާތު ކުރަން އެނގުން؛
  3. މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑިއަށާއި ހާޒިރީއަށް ފަރުވާބަހައްޓާ މީހަކަށް ވުން؛

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މިކުންފުނީގެ ވެބްސައިޓް: www.mcif.mv އިން ލިބެން ހުންނާނެއެވެ.)
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  3. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5.  ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

 

އެޕްލިކޭޝަން ފޯމް ހުށަހަޅަންޖެހޭ ތާރީޚު:

15 ޖުލައި 2020 ވާ ބުދަ ދުވަހުގެ 13:30 ކުރިން ތިރީގައިވާ އެޑްރެހަށް ހުށަހަޅުން އެދެމެވެ. އީމެއިލް މެދުވެރިކޮށްނަމަ [email protected] އަށް ކުރުމަށް އެދެމެވެ.

 

ކުންފުނީގެ އެޑްރެސް:

މޯލްޑިވްސް ސެންޓަރ ފޯރ އިސްލާމިކް ފައިނޭންސް ލިމިޓެޑް

ހ. ހުޅުގަލި، 4ވަނަ ފަންގިފިލާ، ކަރަންކާމަގު

މާލެ، ދިވެހިރާއްޖެ

ފޯން :3008300 960  

އީމެއިލް: [email protected]

 

ނޯޓް: މި މިޤާމަށް އިންޓަވިއުއަށް ކިޔޭނީ ހަމަ އެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

 

 

18 ޛުލްޤަޢިދާ 1441

9 ޖުލައި 2020

09 ޖުލައި 2020
ހޯދާ