މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ކެޕޭސިޓީ ބިލްޑިންގް އިނިޝިއޭޓިވް ފޯރ ޓްރާންސްޕޭރެންސީ ކްލައިމެޓްޗޭން މިޓިގޭޝަން އެންޑް އެޑަޕްޓޭޝަން އެކްޝަން (ސީ.ބި.އައި.ޓީ)

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް (އެމް.އީ) އިން ޔުނައިޓެޑް ނޭޝަންސް އެންވަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އާއި ގުޅިގެން "ކެޕޭސިޓީ ބިލްޑިންގް އިނިޝިއޭޓިވް ފޯރ ޓްރާންސްޕޭރެންސީ ކްލައިމެޓްޗޭން މިޓިގޭޝަން އެންޑް އެޑަޕްޓޭޝަން އެކްޝަން (ސީ.ބި.އައި.ޓީ)" ނަމުގައި މަޝްރޫޢުއެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތޮން ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ޕެރިސް އެގްރީމެންޓް ގެ ދަށުން ހުށަހަޅަން ޖެހޭ ރިޕޯޓްތައް ތައްޔާރު ކުރުމުގައި އެކިއެކި ވުޒާރާތަކުން އަމަލުކުރަން ޖެހޭ ޓްރާންސްޕޭރެންސީގެ މިންގަޑުތަކަށް އަހުލުވެރިވުމާއި، އަދި މިކަމަށް ބޭނުންވާ ޓެކްނިކަލް އަދި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާއި ހަރުދަނާކުރުމެވެ.

މިދެންނެވުނު މަޝްރޫޢު ކުރިއަށް ގެންދާނެގޮތް އެކުލަވާލުމުގެ ގޮތުން މަޝްރޫއުގެ ޕްރޮޖެކްޓް ޑޮކިއުމެންޓްއެއް އެކުލަވާލުމަށް ބޭނުންވާތީ ޕްރޮޖެކްޓް ޑޮކިއުމެންޓް ތައްޔާރު ކޮށްދިމުނުމަށް ކޮންސަލްޓެންޓްއަކު ހޯދުމަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މަތީގައި ދަންނަވާފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން އަރުވަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު މި މަސައްކަތަށް ބޭނުންވާ ޝަރުތުތައް މި އިޢުލާނާއެކު ހިމެނިފައިވާ ޓާރމްސް އޮފް ރެފަރެންސްގައި ބަޔާންކޮށްފައިވާނެއެވެ. އަދި މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަށްޖެހޭ ތަކެތި:

  • އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (ސިޓީ)
  • ކޮންސަލްޓަންޓްސްގެ ވަނަވަރު
  • ކޮންސަލްޓެންސީ ރަޖިސްޓްރޭޝަން ނުވަތަ ސޯލްޕްރޮޕްރިއޭޓަރޝިޕް ( މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓްސްޓް ކުރެވިފައިވާ ކޮޕީ
  • ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ރެފަރެންސް ސިޓީ
  • މަސައްކަތުގެ އަގު

 ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 19 ޖުލައި 2020  ވާ އާދިއްތަ ދުވަހު 13:00 ގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތު ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 60 ދުވަސް އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 14 ޖުލައި 2020  ވާ އަންގާރަ ދުވަހު 13:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް: [email protected]

ކޮޕީ: [email protected]

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިއުމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

އިނިޝިއޭޓިވް ފޯރ ކްލައިމެޓް އެކްޝަން ޓްރާންސްޕޭރެންސީ

އިޢުލާނު ނަންބަރު: (IUL)438-CCD/438/2020/111

 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.

09 ޖުލައި 2020
ހޯދާ