ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ބީ.ސީ.ސީގެ އިންކިއުބޭޓަރސް، ކޯޝެއަރޑް ކިޗަން އަދި ކޯވޯރކްސްޕޭސް އަށް މެންޓަރސް ގެ ގޮތުގައި ކުރިމަތިލުމުގެ ފުރުސަތު

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ

ބީ.ސީ.ސީގެ އިންކިއުބޭޓަރސް، ކޯޝެއަރޑް ކިޗަން އަދި ކޯވޯރކްސްޕޭސް އަށް މެންޓަރސް ގެ ގޮތުގައި ކުރިމަތިލުމުގެ ފުރުސަތު


ތަޢާރަފު:


ބީ.ސީ.ސީ ގެ އެއް ލަނޑުދަނޑި ކަމަށްވާ ރާއްޖޭގެ ޒުވާން ވިޔަފާރިވެރިން ކުރިއެރުވުމާ ދެމެހެއްޓެނެވި އަދި ފައިދާ ކުރާ ވިޔަފާރިތަކަށް ހެދުމަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން ޔޫއެންޑީޕީގެ ސީޑްސް (ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވަރމެންޓް އެންޑް ޑިވެލޮޕްމެންޓް ފޯ އެސްއެމްއީސް) ޕްރޮޖެކްޓްގެ ދަށުން ކޯވަރކްސްޕޭސްގެ ޚިދުމަތާއި އަދި ކޯޝެއަރޑް ކިޗަންގެ ހިދުމަތް ދިނުމަށް ގަސްދުކޮށް، އަރަމުން އަންނަ ވިޔަފާރިތަކަށް ބޭނުންވާ ކޮންސަލްޓަންސީ، ލަފާ އެރުވުމާއި އަދި ތަމްރީން ޕްރޮގްރާމްތަކަކީ މުހިއްމު ޚިދުމަތް ކަމަށްފެނި، ރާއްޖޭގެ އެކި އިންޑަސްޓްރީ ތަކުގައި މަސައްކަތްކުރަމުން އަންނަ އަދި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު މާހިރުންގެ ފަންނީ އަދި ވިޔާފާރިއާބެހޭ ލަފާ އަލަށްފަށާ ވިޔަފާރިވެރިންނަށް ދިނުމުގެ ގޮތުން މެންޓަރޝިޕް ޕްރޮގްރާމްތަކެއް އެކި ފަހަރު މަތިން ކުރިޔަށް ގެންދިއުމަށްވަނީ ރާވާފައެވެ.

ވީމާ މެންޓަރސް ގެ ގޮތުގައި ބީ.ސީ.ސީގައި ރެޖިސްޓަރ ވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ގޫގުލް ފޯމް   

https://bit.ly/2VXWFFp މެދުވެރިކޮށް މިކަމަށް ރަޖިސްޓަރ ވެލެއްވުމަށް ދައުވަތު އަރުވަމެވެ. ފޯމް ލުމުގެ ސުންގަޑިއަކީ 30 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1500 އެވެ. 

 

އިތުރު މައުލޫމާތު ބޭނުންފުޅުވެލައްވާނަމަ [email protected]  އަށް އީމެއިލްގެ ޒަރިއްޔާއިން ނުވަތަ ބީ.ސީ.ސީގެ ހޮޓްލައިން 7913535 މެދުވެރިކޮށް ރަސްމީ ކޮންމެ ދުވަހެއްގެ މެންދުރު 12 އިން ހަވީރު 4 އަށް ގުޅުއްވުން އެދެމެވެ.

 

9 ޖުލައި 2020

 

09 ޖުލައި 2020
ހޯދާ