މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
އިނިޝިއޭޓިވް ފޯރ ކްލައިމެޓް އެކްޝަން ޓްރާންސްޕޭރެންސީ (އައިކެޓް)އާ ގުޅޭ

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް (އެމް.އީ) އިން ޔުނައިޓެޑް ނޭޝަންސް އެންވަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ޑީ.ޓީ.ޔޫ ޕާރޓްނާޝިޕް އާއި ގުޅިގެން 'އިނިޝިއޭޓިވް ފޯރ ކްލައިމެޓް އެކްޝަން ޓްރާންސްޕޭރެންސީ (އައިކެޓް) ' ނަމުގައި ދަނީ މަޝްރޫޢު އެއް ހިންގަމުންނެވެ.  މި މަޝްރޫޢު އެޑްމިނިސްޓަރ ކުރަމުން ގެންދަނީ ޔުނައިޓެޑް ނޭޝަންސް އޮފީސް ފޯރ ޕޮރޮޖެކްޓްސް ސާރވިސަސް (ޔުނޮޕްސް) އެވެ. މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތޮން ރާއްޖެއިން ތައްޔާރުކުރާ ނެޝަނަލް ކޮމިއުނިކޭޝަންސް އަދި ބައިއަނިއަލް އަޕްޑޭޓް ރިޕޯރޓްތައް ތައްޔާކުރުމަށް ބޭނުންވާ ގްރީން ހައުސް ގޭސް އިންވެންޓްރީގައި ހިމެނޭ ކުނީގެ ސަބަބުން ޖައްވަ ބޭރުވާ ވިހަގޭސްތަކުގެ މައުލޫމާތު އެއްކޮށް އެމަސައްކަތް ހަރުދަނާ ކުރުމެވެ.

މިދެންނެވުނު މަޝްރޫޢު ދަށުން ރާއްޖޭގެ ކުނީގެ ހާލަތު ބަޔާން ކުރާ ރިޕޯޓަކާއި، ކުނީގެ މައުލޫމާތު އެއްކުރެވޭ އުސޫލާއި މިންގަނޑުތައް ފަރުމާކުރުމާއި، މިނިސްޓްރީ އިން ކަނޑައަޅާފައިވާ ރަށްރަށުގައި ހަފްތާގެ މުއްދަތަށް ވޭސްޓް އޮޑިޓް ތައްޔާރުކޮށް ދިމުނުމަށް ކޮންސަލްޓެންސީ ފާރމެއް ހޯދުމަށް 10 މާރިޗް 2020 ގައި ކުރެވުނު ނަންބަރ: (IUL) 438-CCD/438/2020/79 އިއުލާނަށް ލިބިފައިވާ ބީލަންތަށް އަގު އެކަށީގެންވާ މިންވަރަށްވުރެ ބޮޑުވުމުގެ ސަބަބުން އެ ބީލަން ބާތިލްކުރިކަން އާއްމުކޮށް އަންގާ އިއުލާނުކުރަމެވެ.

08 ޖުލައި 2020
ހޯދާ