މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
01 އަހަރު ދުވަހުގެ މުއްދަތަށް އައްޑޫ ނޭޗަރ ޕާރކުގެ ވިޒިޓަރސް ސެންޓަރގެ ސެކިއުރިޓީ ބަލަހައްޓައި އިމާރާތާއި ވަށައިގެންވާ ސަރަހައްދު ސާފުކޮށްދޭނެ ފަރާތެއް ހޯދުން (ދެވަނަ އިއުލާން)

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ބެލުމުގެދަށުގައިވާ އައްޑޫ ނޭޗަރ ޕާރކުގެ ވިޒިޓަރސް ސެންޓަރގެ ސެކިއުރިޓީ ބަލަހައްޓައި އެ އިމާރާތާއި ވަށައިގެންވާ ސަރަހައްދު ސާފުކޮށްދޭނެ ފަރާތެއް، 01 އަހަރު ދުވަހުގެ މުއްދަތަށް، ހޯދުމަށް ކުރެވުނު އިއުލާން ނަންބަރ: (IUL)438/1/2020/9 އަށް އެކަށީގެންވާ ތަރުހީބެއްލިބިފައި ނުވާތީވެ، އެ އިއުލާނު ބާތިލުކޮށް އަލުން އަންދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލަމެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 2020 ޖުލައި 12 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ.

އީމެއިލް: [email protected]

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2020 ޖުލައި 16 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތު ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

ބީލަމުގެ މުއްދަތަކީ ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 03 މަސްދުވަސް ކަމުގައިވާންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

01 އަހަރު ދުވަހުގެ މުއްދަތަށް އައްޑޫ ނޭޗަރ ޕާރކުގެ ވިޒިޓަރސް ސެންޓަރގެ ސެކިއުރިޓީ ބަލަހައްޓައި އިމާރާތާއި ވަށައިގެންވާ ސަރަހައްދު ސާފުކޮށްދޭނެ ފަރާތެއް ހޯދުން (ދެވަނަ އިއުލާން)

އިޢުލާނު ނަންބަރު: (IUL)438/1/2020/17

 ނޯޓް:

ބީލަމާއެކު ހުށަހަޅާ އަގު ބަޔާންކޮށްފައިވާ ކޯޓޭޝަން ގައި ކުންފުނީގެ ތައްގަނޑު އަދި ވެރިފަރާތުގެ ސޮއި އިންނަންވާނެއެވެ.

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.

08 ޖުލައި 2020
ހޯދާ