މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ފަރާތުން ރާއްޖޭގައި މިވަގުތު ދިރިއުޅެމުންދާ ޑޮކިއުމެންޓްތައް ފުރިހަމަނުވާ ބަނގްލަދޭޝަށް ނިސްބަތްވާ ފަރާތްތަކުގެ ތެރެއިން އަމިއްލަޔަށް އެދިގެން  އެނބުރި ގައުމަށް ދާން ބޭނުންވެފައިވާ ފަރާތްތަކަށް ގައުމަށް ދިއުމުގެ ފުރުސަތު ހަމަޖައްސަވައިދެއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ފުރުސަތުގެ ތެރެއިން އަމިއްލައަށް އެދިގެން ޤައުމަށްދާން ބޭނުންވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މައުލޫމާތާއެކު 09 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

  1. ފުރިހަމަ ނަން
  2. ޕާސްޕޯޓް ނަންބަރ
  3. ވޯކްޕާރމިޓް ނަންބަރ
  4. ފޯނު ނަންބަރ

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ޖުލައި 2020
ހޯދާ