ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނަހަންދޫ ކައުންސިލް އިދާރާގައި ހުރި އޭސީ ތަކާއި މިސްކިތުގައި ބަހައްޓާފައިހުރި އޭސީތަށް ސާވިސް ކޮއްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

ކުނަހަންދޫ ކައުންސިލް އިދާރާގައި ހުރި އޭސީ ތަކާއި މިސްކިތުގައި ބަހައްޓާފައިހުރި އޭސީތަށް ސާވިސް ކޮއްދޭނެ ފަރާތެއް ހޯދުން  

 

ލ.ކުނަހަންދޫ ކައުންސިލް އިދާރާގައި ހުރި އޭސީ ތަކާއި މިސްކިތުގައި ބަހައްޓާފައިހުރި އޭސީތަށް ސާވިސް ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

ވީމާ، މި ކަމައް ޝައުގުވެރިވާ  ފަރާތްތަކުން 15 ޖުލައި 2020 ވާ ބުދަ ދުވަހުގެ 13:00 އަށް ކައުންސިލްގެ އިދާރާއަށް ވަޑައިގެން  މައުލޫމާތު ސާފުކުރުމަށްފަހު   23 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން  އެދެމެވެ.

މަޢުލޫމާތު ސާފްކުރުމަށް ޙާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯޝަލް ބަލައެއްނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑު ނުވަތަ އައިޑީކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ. އަދި ކުންފުނި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ކަމުގެ ލިޔުމުގެ ކޮޕީއެއް ވެސް ގެންނަންވާނެއެވެ. އަދި ބަދަލްގައި މީހަކު ފޮނުވާނަމަ އެ ފޮނުވާ ފަރާތަކީ ކޮންފަރާތަކުން ހާޒިރުވި މީހެއްކަން އެގޭނެ ފަދަ ލިއުމެއް އޮންނަންވާނެއެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 9995970 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

ވީމާ ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.  

16 ޛުލްގައިދާ 1441

07  ޖުލައި 2020

06 ޖުލައި 2020
ހޯދާ