ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރު ރިވިއު ކުރުމާއި ގުޅޭ

އިޢުލާން

ފަޤީރުންގެ ދަފްތަރު ރިވިއު ކުރުމާއި ގުޅޭ

         1440ވަނަ އަހަރުގެ މުދަލުޒަކާތް ބެހުމަށްޓަކައި މުޅިރާއްޖޭގެ ފަޤީރުންގެ ދަފްތަރު ރިވިއު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއިން ވަނީ ފަށާފައެވެ.

         މިގޮތުން ފަޤީރުންގެ ދަފްތަރުގައި  އަލަށް ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން އެކަމަށްއެދި  ފޯމް  ހުށަހެޅުމުގެ  ފުރުޞަތު 05  ޖުލައި  2020 އިންފެށިގެން  23 ޖުލައި 2020 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް  ހުޅުވާލަމެވެ.   ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސްތަކުގެ  ހެނދުނު 8:30 އިން  13:00 އަށެވެ.  ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްއެދި ހުށަހަޅާފޯމް  މިއިދާރާއިން  ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފޯމުތައް އިވެލުއޭޓްކޮށް ފަޤީރުންގެ ދަފްތަރު އެކުލަވާލާނީ މިނިސްޓްރީ އޮފް އިސްލާމިކްއެފެއާރޒް އިންނެވެ. ފޯމު ހުށަހެޅުމަށް ދެވިފައިވާ މުއްދަތުގެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

14 ޛުލްޤާއިދާ 1441

05 ޖުލައި  2020

05 ޖުލައި 2020
ހޯދާ