އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިއުމާގުޅޭ

މިރަށު ބަނދަރުގެ އިރުމަތީކޮޅު ހުރަސް ތޮށިގަނޑު ކައިރީގައިވާ ގަސް ދަރުތަކާއި، ސިއްހީމަރުކަޒު ކުރިމަތީގައިވާ ހުސްބިމުގައި ހުރި ގަސްލަކުޑި/ރުއްވަކަރު ތަކާއި، އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރ ގައިހުރި އެކިބާވަތްތަކުގެ ލަކުޑިތަކާއި، މިރަށު ގެސްޓްހައުސް ޒޯންގެ އެއްގަމުން އަލަށް ކަނޑާފައިވާ މަގުގައި ހުރި 7 ރުކާއި އަދި މިރަށު ވާރު މަގުގައިހުރި 2 ރުއް ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.    

ވީމާ، މިތަކެތި ނީލަމުން ބައްލަވައިގަތުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 9 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ 16:30 އަށް އދ. ފެންފުށީ ކައުންސިލްގެ އިދާރާގެ ގޯތީތެރެއަށް ވަޑައިގެންދެއްވުންއެދި ދައުވަތު އަރުވަމެވެ.

15 ޒުލްގައިދާ  1441

            6 ޖުލައި    2020

06 ޖުލައި 2020
ހޯދާ