އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންފުށީ ކުޅިވަރު އެކުވެނި އެކި އެކި ބޭނުންތަކަށް ބޭނުންކުރުމާއި ދޫކުރުމުގެ އުޞޫލް

ފެންފުށީ ކުޅިވަރު އެކުވެނި އެކި އެކި ބޭނުންތަކަށް ބޭނުންކުރުމާއި ދޫކުރުމުގެ އުޞޫލް މި އިއުލާނާއިއެކު އާންމުކުރީމެވެ.

ވީމާ، މިއަދު 06 ޖުލައި 2020 ވަނަ ދުވަހުންފެށިގެން މި އުޞޫލަށް އަމަލުކުރަމުންދާނެ ވާހަކަ އާނމުކޮށް އަންގާ އިއުލާންކުރީމެވެ.  

 

ފެންފުށީ ކުޅިވަރު އެކުވެނި އެކި އެކި ބޭނުންތަކަށް ބޭނުންކުރުމާއި ދޫކުރުމުގެ އުޞޫލް

 

އދ. ފެންފުށީ ކުޅިވަރު އެކުވެނި ބޭނުންކުރެވޭނެ ކަންކަން

1-      ޒުވާނުންނަށް ބޭނުންވާ ކުޅިވަރަގެ ހަރަކާތްތަކަށް

2-      އދ. ފެންފުށީގެ ކުލަބް ޖަމިއްޔާ ތަކުން ހިންގާ ހަރަކާތްތަށް ބޭއްވުމަށް

3-      ދީނީ ދަރުސްތަށް ބޭއްވުމަށް

4-      އދ. ފެންފުށީ ކައުންސިލުން ރާވާ ހިންގާ އެކި އެކި ހަރަކާތްތައް ބޭއްވުމަށް

 

1-      ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ހަރަކާތްތަކަށް ކުޅިވަރު އެކުވެނި ބޭނުންކުރެވޭނެ ގޮތް

(ހ) ފެންފުށީ ޒުވާނުންނަށް ފުޓްބޯޅަ ކުޅުމަށް ކޮންމެ ރެޔަކު 20:00ން 00:00ށް ދަނޑުބޭނުން ކުރުމަށް ހުޅުވާލެވިފައި ހުންނާނެއެވެ. މިވަގުތު ތަކުގެ ތެރެއިން މެޗް ކުޅެން ބޭނުންވާ ފަރާތްތަކަށް ދަނޑު ދޫކުރުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު 2 ދުވަހު (ހޯމަ،ހުކުރު) ރޭގަނޑު 20:00ން 21:00އަށެވެ. އަދި ކުޑަކުދިންނަށް ހާއްސަ ކޮއްގެން ކޮންމެ ދުވަހަކު 16:00ން 18:00ށް ދަނޑު ހުޅުވިފައި ހުންނާނެއެވެ.

(ށ) ކުޅިވަރު އެކުވެނީގައި މެޗް ކުޅެންބޭނުންވާ ފަރާތްތަކުން މެޗް ކުޅުމުގެ 24 ގަޑިއިރު ކުރިން ދަނޑު ކުއްޔަށް ނެގުމަށް އެދޭ ފޯމް އާއި ފީ ގެ ގޮތުގައި ކަނޑައެޅިފައިވާ -/100ރ (އެއްސަތޭކަ ރުފިޔާ) ފެންފުށީ ޔޫތުސެންޓަރ އަށް ހުށައަޅަންވާނެއެވެ.

(ނ) މިމައްދާގެ (ށ) ގައިވާ ދަނޑު ކުއްޔަށް ހިފާ ފަރާތުން ދަނޑު ކުއްޔަށް ނަގާވަގުތުން ފެށިގެން ދަނޑު ބޭނުންކޮއް ނިމުމާއި ހަމައަށް ދަނޑަށް ލިބޭ އެންމެހާ ގެއްލުންތަކައް ޒިންނާނަގަންޖެހޭނެއެވެ.

(ރ) ކުޅިވަރު އެކުވެނި ދަނޑު ބޭނުން ކުރުމުގައި ކައުންސިލުން ކަނޑައަޅާފައިވާ "ދަނޑު ބޭނުންކުރުމުގެ އާއްމު އުސޫލުއާ" އެއްގޮތައް އަމަލުކުރަންވާނެއެވެ.

2-      އދ. ފެންފުށީ ގެ ކްލަބް ޖަމްއިއްޔާ ޖަމާއަތްތަކުން ހިންގާ ހަރަކާތްތައް ބޭއްވުމަށް

(ހ) އދ. ފެންފުށީގައި ހަރަކާތްތެރިވާ ކުލަބް ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ޖަމްއިއްޔާތަކުން އިސްނަގައިގެން ބާއްވާ ހަރަކާތްތައް ބޭއްވޭނީ ކައުންސިލުން ރަސްމީކޮށް ހުއްދަ ލިބުމުންނެވެ.

3-      ދީނީ ދަރުސުތައް ބޭއްވުމަށް

(ހ) އަމިއްލަ ފަރާތްތަކުންނާއި ޖަމްއިއްޔާ ޖަމާއަތްތަކުން ރަށުގެ ރައްޔިތުން ދީނީ ގޮތުން ހޭލުންތެރި ކުރުވުމަށް ބާއްވާ އެކި އެކި ދީނީ ދަރުސްތަކަށް ކުޅިވަރު އެކުވެނި ދޫކުރާނީ ހިލޭއެވެ. މިފަދަ ހަރަކާތްތައް ބޭއްވޭނީ ކައުންސިލުން ރަސްމީކޮށް ހުއްދަ ލިބުމުންނެވެ.

4-      އދ. ފެންފުށީ ކައުންސިލުން ހިންގާ ހަރަކާތްތައް ހިންގުމަށް

(ހ) އދ. ފެންފުށީ ކައުންސިލުން ފެންފުށީގެ ރައްޔިތުންނާ ބައްދަލުކުރުމާއި އަދި ރައްޔިތުންނާއި ގުޅުންހުރި އެކި އެކި ހަރަކާތްތައް ރާވާ ހިންގުމަށް ކުޅިވަރު އެކުވެނި ބޭނުންކުރެވޭނެއެވެ. އދ. ފެންފުށީ ކައުންސިލާއި ދައުލަތުގެ މުއްސަސާތަކާއި އަދި ކުލަބް ޖަމްއިއްޔާ ޖަމާއަތްތަކާ ގުޅިގެން ހިންގާ ހަރަކާތްތަށް ހިންގުމަށްވެސް ކުޅިވަރު އެކުވެނި ބޭނުންކުރެވޭނެއެވެ.

 

      އދ. ފެންފުށީ ކައުންސިލްގެ2020  ވަނަ އަހަރުގެ 13 ވަނަ އާންމު ބައްދަލުވުމުން ފާސްކުރެވިފައި

06 ޖުލައި 2020
ހޯދާ