މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފުތަރު ރިވިއު ކުރުމާއި ގުޅޭ

އިޢުލާން

ފަޤީރުންގެ ދަފުތަރު ރިވިއު ކުރުމާއި ގުޅޭ

             1440 ވަނަ އަހަރުގެ މުދަލު ޒަކާތް ބެހުމަށްޓަކައި ފަޤީރުންގެ ދަފުތަރު ރިވިއު ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދަނީ ކުރަމުންނެވެ. މި ގޮތުން 1440 ވަނަ އަހަރު ފަޤީރުންގެ ދަފްތަރުގައި ހިމެނިފައި ނުވާ، އަލަށް ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓުރީ ވާން އެދޭ ފަރާތްތަކުން އެކަމަށް އެދި ފޯމް 22 ޖުލައި 2020 ދުވަހުގެ 13:00 ކުރިން މި ކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ.

              ފޯމް ހުށަހެޅުމަށް ދީފައިވާ މުއްދަތުގެ ފަހުން ހުށަހަޅާފޯމް ބަލައިގަނެވެން ނެތްވާހަކަ ދެންނެވީމެވެ. އަދި ދަންނަވަމެވެ. ފަގީރުންގެ ދަފްތަރުގައި ރަޖިސްޓުރީވުމަށް އެދި ހުށަހަޅާފޯމްތައް  އިވެލިއޭޓްކޮށް ފަޤީރުންގެ ދަފްތަރު އެކުލަވާލާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންނެވެ.

              މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  

06 ޖުލައި 2020
ހޯދާ