މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަސް ހުޅުވާލުން

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު، ދިވެހިރާއްޖެ                                             ނަމްބަރ:IUL)331/331/2020/29)

 

 

 

 

   އިޢުލާން

 

ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަސް ހުޅުވާލުން 

 

          1440 ވަނަ އަހަރުގެ މުދަލު ޒަކާތް ބެހުމަށްޓަކައި މުޅި ރާއްޖޭގެ ފަޤީރުންގެ ދަފްތަރު މުރާޖަޢާ ކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒުން ނިންމާފައިވާތީ، ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން އެކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު 23 ޖުލައި 2020 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލަމެވެ.

         މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފަޤީރުންގެ ދަފުތަރު މުރާޖަޢާ ކުރުމުގެ މަސައްކަތް ކަމުގައިވާތީ، މިހާރު އެކުލަވާލެވިފައިވާ ދަފްތަރުގައި ހިމެނިފައިވާ ފަރާތްތައް އަލުން ރަޖިސްޓްރީވާން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ. އަދި މިހާރު އެކުލަވާލެވިފައިވާ ދަފްތަރުގައި ހިމެނޭ ފަރާތެއް ދަފްތަރުން އުނިކުރަން ބޭނުންވާނަމަ އެކަން ބަޔާންކޮށް މިކައުންސިލްގެ އިދާރާއަށް ސިޓީ ހުށަހެޅުއްވުމަށް ދަންނަވަމެވެ.

        ވީމާ، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުން، 23 ޖުލައި 2020 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 08:30 އިން 13:00 އަށް މި މިދާރާގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. މި މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، ފޯމްގައިވާ މަޢުލޫމާތާއި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ފޯމް ބަލައި ނުގަނެވޭނެއެވެ.  

       މިހެންވެ މިކަން ޢާންމުކޮށް އެނގުމަށްޓަކައި އުޢުލާން ކުރީމެވެ. 

06 ޖުލައި 2020
ހޯދާ