ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު: ތިނަދޫ ކެމްޕަސްގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކިލާސްރޫމް ބުލޮކްގެ ކުރެހުމާއި، ބީއޯކިއު އަދި ޓެންޓަރ ޑޮކިއުމަންޓްގެ މަސައްކަތް

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ "ތިނަދޫ ކެމްޕަސްގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކިލާސްރޫމް ބުލޮކް" ގެ ކުރެހުންތައް ބަލާ ދިރާސާކުރުމަށް ފަހު ޔުނިވަރސިޓީއިން ގެންނަންބޭނުންވާ ބަދަލުތަކަށް އެމެންޑްމަންޓް ހަދައިދިނުމާއި ބީއޯކިޔު ޗެކްކުރަމަށް ފަހު އިސްލާހް ގެނެސް ދިނުމާއި ޓެންޑަރ ޑޮކިޔުމަންޓް ހަދައިދޭނޭ ފަރާތެއް ހޯދުމަށް މި ޔުނިވަރސިޓީން 8 މާރިޗް 2020 ވަނަ ދުވަހު ކުރި  MNU-CA-PR/2020/01 ނަންބަރު އިއުލާނަށް އިޖާބަދިނީ އެންމެ ފަރާތަކުން ކަމަށްވާތީ މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
  2. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކަށް ބާއްވާ ޕްރީ-ބިޑް ބައްދަލުވުން އޮންނާނީ 13 ޖުލައި 2020 ވާ ހޯމަ ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ.
  3. މި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ޓެކްނިކަލް އިވެލުއޭޝަނެއް ހެދުމަށްފަހު އޭގެތެރެއިން އެންމެ ރަނގަޅު ފަރާތަކަށެވެ. ބީލަމާއެކު ހުށަހަޅަންޖެހޭ ފޯމްތައް 13 ޖުލައި 2020 ވާ ހޯމަ ދުވަހުގެ 10:00 ގައި ބާއްވާ ޕްރީ-ބިޑް ބައްދަލުވުމަށް ހާޟިރުވާ ފަރާތްތަކަށް ދެވޭނެއެވެ.
  4. ބީލަން ހުށަހެޅުން އޮންނާނީ 21 ޖުލައި 2020 ވާ އަންގާރަ ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން "ތިނަދޫ ކެމްޕަސްގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކިލާސްރޫމް ބުލޮކް" މިހެން ލިޔެފައި އޮތުމާއި އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  5. ބީލަން ހުށަހަޅުއްވަންވާނީ ހަވާލުކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހިމެނޭ ތަކެއްޗާ އެކުގައެވެ. އުޞޫލުގައި ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ތަކެތި ބީލަމާއެކު ހުށަނާޅާ ފަރާތްތަކުގެ ބީލަންތައް ބާޠިލްކުރެވޭނެއެވެ.
  6. އިސްވެދެންނެވިފައިވާ ގަޑިއަށް ބީލަން ހުށަހެޅުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.
  7. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ. 

ބީލަމާ ގުޅޭ މައުލޫމާތު ނަމަ؛

ޕްރޮޖެކްޓް ސެކްޝަން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3345120، 3345128، 7788319

އީ-މެއިލް: [email protected],  ނުވަތަ  [email protected]

 

 

15 ޛުލްޤައިދާ 1441

06 ޖުލައި 2020
ހޯދާ