ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1441 ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރު އަލުން އެކުލަވާލުމާއި ގުޅޭ

 

1441 ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރު އަލުން އެކުލަވާލުމާއި ގުޅޭ

 

1440 ވަނަ އަހަރުގެ މުދަލު ޒަކާތް ބެހުމަށްޓަކައި މުޅިރާއްޖޭގެ ފަޤީރުންގެ ދަފްތަރު އަލުން އެކުލަވާ ލުމަށް ކުރަންޖެހޭނެ އެންމެހާ މަސައްކަތްތައް މިނިސްޓްރީ އޮފް އިސްލާމިކު އެފެއާޒުން ގެންދަނީ ކުރަމުންނެވެ. އެހެންކަމުން މިނިސްޓްރީ އޮފް އިސްލާމިކު އެފެއާޒުގެ ނަމްބަރު 142-C2/CIR/2020/51 (02 ޖުލައި 2020)ގެ ސާކިއުލަރ އިން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވާން އެދޭފަރާތްތަކުން އެކަމަށް އެދި ފޯމް ހުށައެޅުމުގެ ފުރުސަތު 05 ޖުލައި 2020 އިން 23 ޖުލައި 2020 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. އަދި އެ މުއްދަތުގެ ފަހުން ހުށައަޅާ އެއްވެސް ފޯމެއް ކައުންސިލުން ބަލައި ނުގަތުމަށާއި އަދި މިނިސްޓްރީއިން ބަލައިނުގަންނާނެ ކަމުގައި ވެސް ވަނީ އަންގާފައެވެ.

             ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދި ހުށައަޅާ ފޯމްތަށް އެވެލުއޭޓްކޮށް ފަޤީރުންގެ ދަފްތަރު އެކުލަވާލާނީ މިނިސްޓްރީ އޮފް އިސްލާމިކު އެފެއާޒުންނެވެ. 1441 ވަނަ އަހަރު ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކަށް ފޯމް ދޫކުރުމާއި ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 12:00 އަށެވެ.  

ވީމާ، 23ޖުލައި 2020ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން މި ކައުންސިލަށް ފޯމް ހުށައެޅުން އެދެމެވެ. އެހެންވެ މިކަން  ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

                      15  ޛުލްގައިދާ  1441

06  ޖުލައި  2020

05 ޖުލައި 2020
ހޯދާ