އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލުން

އިޢުލާން

1440 ވަނަ އަހަރުގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު ރިވިއުކުރުމުގެ މަސައްކަތްތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ކުރައްވަމުންގެންދަވާތީ އައްޑޫސިޓީގައި ދިރިއުޅުއްވާ ފަރާތްތަކުން ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު 05 ޖުލައި 2020އިން 23 ޖުލައި 2020ވަނަދުވަހުގެ 13.00ގެ ނިއަލަށްވަނީ ހުޅުވާލެވިފައެވެ. ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްއެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ  އައްޑޫސިޓީގެ އަވަށު އޮފީސްތަކުން ރަސްމީދުވަސްތަކުގެ ހެނދުނު 9.00އިން މެންދުރު 13.00އަށެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްއެދި ފޯމް ހުށަހަޅުއްވާ ފަރާތްތަކުން ފޯމްގައިވާ ހުރިހާ މަޢުލޫމާތުތައް ފުރިހަމަކުރެއްވާ ކަނޑައެޅިފައިވާ މުއްދަތުގައި ފޯމް ހުށަހެޅުއްވުމަށް ދެންނެވީމެވެ. ފޯމްތައް ހުށަހަޅުއްވާނީ އެމީހަކު ދިރިއުޅޭ އަވަށެއްގެ އަވަށުއޮފީހަށެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

14 ޛުލްޤަޢިދާ  1441

05 ޖުލައި 2020
ހޯދާ