އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިވާޒާތުގެ ތަކެތި ބޭރުކޮށްދޭނެ ފަރާތެއް ހޯދުން:

މި ކައުންސިލްގެ ނަންބަރު: AGR)340/340/2018/1) އެއްބަސްވުމުގެ ދަށުން ކުނިވާޒާތުގެ ތަކެތި ބޭރުކުރުމަށް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ އަލުން އެ މަސައްކަތްކޮށްދޭނެ ފަރާތެއްހޯދަން ބޭނުންވެއްޖެއެވެ.

            މި  ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2020 ޖުލައި 05 އިން 2020 ޖުލައި 13 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމަށް އެދި [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ރަސްމީގަޑީގައި ނަންބަރު: 6660714 ފޯނާ ގުޅުއްވައިގެން ނުވަތަ ރަސްމީ ގަޑީގައި މި ކައުންސިލަށް ޙާޟިރުވެ ނަންނޯޓްކުރެއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް ނަންނޯޓުނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ. ނަންނޯޓްކުރާ ފަރާތްތަކަށް މަސައްކަތްތަކުގެ ތަފްސީލް ހިމެނޭ ބިޑްޑޮކިއުމެންޓް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. ބިޑްޑޮކިއުމަންޓުގެ ހާޑުކޮޕީ ދޫކުރެވޭނީ 44ރ (ސާޅީސްހަތަރު ރުފިޔާ) ދެއްކުމުންނެވެ. އީމެއިލްމެދުވެރިކޮށް ރަޖިސްޓްރީވުމަށް ހުށަހަޅާފަރާތްތަކުން ކުންފުނި  (ވިޔަފާރި/ޕާޓްނަރޝިޕް) ގެ ނަމާއި ވެރިފަރާތުގެ ނަމާއި ގުޅޭނެ ނަންބަރާއެކު ހުށަހެޅުމަށް ސަމާލުކަންދެއްވުމަށް ދަންނަވަމެވެ.

            މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ.

                          މި މަސައްކަތާގުޅިގެން އެއްވެސް ސުވާލެއްވާނަމަ މަތީގައިއެވާ މެއިލަށް 2020 ޖުލައި 13 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް މެއިލްކުރައްވާ ފަރާތްތަކަށް ޖަވާބު ފޮނުވޭނެއެވެ.

                          މި މަސައްކަތުގެ ޕްރީބިޑް މީޓީންގ އޮންނާނީ 2020 ޖުލައި 14 ވަނަ ދުވަހުގެ 9:00 ގައި މި އިދާރާގައެވެ. ބިޑްހުށަހެޅުމާއި ބިޑްހުޅުވުން އޮންނާނީ 2020 ޖުލައި 19 ވަނަ ދުވަހުގެ 9:00 ގައި މި އިދާރާގައެވެ.

05 ޖުލައި 2020
ހޯދާ