ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފޫޓުން ބޭރުގައި ރުއްގަސް އިންދުމާއި ގުޅޭ

                                             ނަމްބަރ: 252/254/2020/23(IUL)

އިޢުލާން

 

ފޫޓުން ބޭރުގައި ރުއްގަސް އިންދުމާއި ގުޅޭ

 

މިއިދާރާގެ އިޙްތިޞާސްގެ ދަށުގައި ހިމެނޭ ސަރަހައްދުގައި (ވަލުތެރޭގައި) ހުންނަ އަމިއްލަ މީހުންގެ ރުއްގަހުން ވެއްޓޭ ކާއްޓާއި ހެދޭ ގަސްތަކުގައި ބައެއް ފަރާތްތަކުން ފޫޓުން ބޭރުގައި ރުއްގަސް އިންދާ ހައްދާ ޤަވާއިދާއި ޚިލާފަށް ނަންއަޅާ، ރުއްއިންދާ، ހައްދަމުންދާތީ އެކަން އެގޮތައް ނުކުރުމަށް އަންގަމެވެ.

ފޫޓުން ބޭރުގައި ހުންނަރުކުން ވެއްޓޭ ކާއްޓާއި ފަނާއި އެހެނިހެން ތަކެއްޗަކީ އެރުކުގެ ވެރިފަރާތުގެ މިލްކަކަށް ވީހިނދު އެތަކެތި ހަލާކުވެ، ވީރާނާވެ، ނިރުފަޅާ ހެދުމުގެ ކުރިން ގެންގޮސް ނިންމެވުމަށް ދަންނަވަމެވެ. ވެއްޓޭ ކާށި ނިރުފަޅާ ބޮޑުވުމުން އެރުއް ތަކާއި ގަހުގައި އަމިއްލަ ފަރުދުންގެ ނަން އަޅަމުން ގެންދަނީ މީހުން ދިރިއުޅޭ ރައްތަކުގައި ރުއްގަހާބެހޭ ޤާނޫނު ނަމްބަރ 98/21 އުޞޫލާއި ޚިލާފަށް ކަމަށްވާތީ އެރުކަކީ ފަރުދުންގެ ރުކެއްކަމުގައި ރަޖިސްޓްރީކޮށް ދެވެން ނޯންނާނެ ކަމުގައި ދަންނަވަމެވެ.

ފޫޓުންބޭރުގައި ބަންޑާރަ ބިމުގައި ހައްދާ ރުއްގަސް ކައުންސިލް އިދާރާގައި ރަޖިސްޓްރީކޮށް ދެވޭ އުޞޫލަކީ ރުއްއިންދުމުގެ ކުރިން ކައުންސިލް އިދާރާއިން ހުއްދަ ހޯދުމަށްފަހު 2 ހެކީން ޙާޟިރުގައި ރުއްއިންދާ އެރުކެއް ކަނދުބުޑު ލުމުން ކައުންސިލް އިދާރާއަށް ޤަވާޢިދުގައިވާ ގޮތުގެ މަތިން ހުށައެޅުމުން ކަމުގައި އާއްމުކޮށް އަންގާ އިޢުލާންކުރަމެވެ.

05 ޖުލައި 2020
ހޯދާ