ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑަސްބިންތަކުން ނަގާ ކުނި އުކާލަދޭނެ ފަރާތެއް ހޯދުން

ނޭކުރެންދޫ   ކައުންސިލުން އާންމުންނަށް ދޭ ޚިދުމަތެއް ކަމުގައިވާ ކުނިއުކުމަށް ރަޖިސްޓްރީ ކޮށްފައިވާ ގޭގޭގައި އުފެދޭ ކުނިވާ ޒާތުގެ ކުނި ނައްތާލުމަށް އެފަދަ ކުނި ކައުންސިލުން އަންގާ އުޞޫލަކުން މޫދަށް އުކާލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ މިމަސައްކަތަށް ޝައުޤުވެރިވާ ޑިންގީތަކުގެ ވެރިފަރާތްތަކުން ދުވާލަކަށް ޑަސްބިންތައް އުކާލަދެވޭނެ އަގާއި މަހަކަށް ޑަސްބިންތައް އުކާލަދެވޭނެ އަގު 9 ޖުލައި 2020ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން  ބަންދުކޮށްފައިވާ ސިޓީއުރައެއްގައި ހުށަހެޅުމަށް ދަންނަވަމެވެ. މިގޮތުން އަގު ހުށަހަޅާއިރު މަސައްކަތަށް އެކަށީގެންވާ އަގެއް ހުށަހެޅުމަށާއި މަސައްކަތަށް ބޭނުންކުރާ ޑިންގީގެ ވެރިފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއަކާއި ޑިންގީގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހެޅުމަށް ދަންނަވަމެވެ. ކުނިވާ ޒާތުގެ ކުނި ކޮންމެ ދުވަހަކު ވެސް މެންދުރު 12:00ގެ ކުރިން އުކާލަންޖެހޭކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މި މަސައްކަތަށް މާކްސް ދިނުމުގައި އެންމެ ހެޔޮ އަގެއް ހުށަހަޅާ ފަރާތަކަށް އިސްކަން ދެވޭނެ ކަމުގައިވެސް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމު ނޭކުރެންދޫ ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

02 ޖުލައި 2020
ހޯދާ