މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވިޔަފާރިތަކަށް ދޭ ޚިދުމަތްތަކާ ބެހޭ

އިޢުލާން

 

ވިޔަފާރިތަކަށް ދޭ ޚިދުމަތްތަކާ ބެހޭ

މި މިނިސްޓްރީން ވިޔަފާރިތަކަށް ފޯރުކޮށްދޭ ޚިދުމަތްތައް 05 ޖުލައި 2020 އިން ފެށިގެން، ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ މިއިޢުލާނާއެކު ޝާއިޢުކޮށްފައިވާ ޚިދުމަތްތަކާބެހޭ ޗާޓަރ އާ އެއްގޮތަށް ކަމުގައި ދަންނަވަމެވެ.

  1. މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ޚިދުމަތަށް އެދޭނީ business.egov.mv މި ލިންކު މެދުވެރިކޮށެވެ.
  2. މިނިސްޓްރީގެ ސަރވިސް ސެންޓަރުން ޚިދުމަތް ފޯރުކޮށްދެވޭނީ، ޚިދުމަތުގެ ޓޯކަން ދޫކޮށްގެންގެންނެވެ.

މި މިނިސްޓްރީގެ ޚިދުމަތްތަކާބެހޭ މަޢުލޫމާތު، ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 14:00 އަށް މިނިސްޓްރީގެ ލައިވް ޗެޓް އަދި ކޯލްސެންޓަރ 1691 މެދުވެރިކޮށް މަޢުލޫމާތު ފޯރުކޮށްދެވޭނެ ވާހަކަ ދަންނަވަމެވެ. މިއިޢުލާނާ ގުޅިގެން، އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

05 ޖުލައި 2020
ހޯދާ